"ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓްއިން ސައުތް ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް އިން މޯލްޑިވަސް ޕްރޮޖެކްޓް" އަކީ މަސްވެރިކަމުގެ ދާއިރާއިން ވޯލްޑު ބޭންކުން ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށް މަސްވެރިކަމާއި ކަނޑުގެ ދިރުންތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
Minister Hon. Ahmed Shiyam inaugurated the launch of the TRANSFORM project, which is funded by the World Bank. This project holds significant promise in its aim to transform the fisheries sector in the Maldives and the broader South West Indian Ocean region.
— Ministry of Fisheries and Ocean Resources (@MFORmv) June 9, 2024
The initiative… pic.twitter.com/BBDV7rSVTK
ޓްރާންސްފޯމް މަޝްރޫއު ފެށުމަށް ޕްރޮޖެކްޓުގައި ހިމެނޭ ބައިވެރިންނަށް މައުލޫމާތު ދިނުމުގެ ގޮތުން ބޭއްވި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ މިއީ މަސްވެރިކަމުގެ ދާއިރާއިން ވޯލްޑު ބޭންކުން ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށާއި މަޝްރޫއުގެ ކާމިޔާބީއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.
ހަތް އަހަރު ދުވަހަށް ކުރިއަށްގެންދާ ޓްރާންސްފޯމް ޕްރޮޖެކްޓަކީ 64.8 މިލިއަން ޑޮލަރުގެ ބަޖެޓަށް ފަރުމާކޮށްފައިވާ މަޝްރޫއެކެވެ. މީގެ ތެރެއިން 12 މިލިއަން ޑޮލަރު އިންޑިއަން އޯޝަން ކޮމިޝަނަށް ކަނޑައަޅާފައިވާއިރު، ދިވެހިރާއްޖެއަށް ކަނޑައަޅާފައިވަނީ 52.8 މިލިއަން ޑޮލަރެވެ. މީގެ ތެރެއިން 50 އިންސައްތައަކީ ހިލޭ އެހީއެވެ.
މި މަޝްރޫއަކީ ހުޅަނގު ދެކުނު އިންޑިޔާ ކަނޑުގެ ސަރަޙައްދުގައި ހެކިތަކަށް ބިނާކޮށް މަސްވެރިކަމުގެ ކަންކަން ބެލެހެއްޓުން ހަރުދަނާކުރުމަށާއި މި ސަރަހައްދުގެ މަސްވެރިކަމުގައި ދިވެހިރާއްޖޭގެ ވާދަވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.
ޓްރާންސްފޯމް މަޝްރޫއަކީ ވޯލްޑް ބޭންކުގެ ހިލޭ އެހީއާއި ލޯނު އެހީގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެެކެވެ.