އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލު ބަލައިގަނެ 241 ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު މި ބިލު ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް މިއަދުގެ މެންދުރު ފަހު ދަންފަޅީގައި ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 88 މެންބަރުންގެ ވޯޓުން ވަނީ ފާސްކޮށްފައެވެ.
ބިލު ހުށަހެޅުއްވި މެމްބަރު މީކާއިލްގެ އިސްލާހުގައި ވަނީ އިމިގްރޭޝަންގެ ޤާނޫނުގެ 8 ވަނަ މާއްދާގެ ހ. ގެ 7 ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކުރުމަށެވެ. އެއީ ރާއްޖެއަށް އެތެރެ ނުވެވޭނެ މީހުންގެ ތެރޭގައި ދެ ޕާސްޕޯޓް ގެންގުޅޭ މީހުން ހިމެނޭހެން އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ މީހުން ހިމެނުމަށެވެ.
ރައީސް ޑރ. މުއިއްޒުގެ ކެބިނެޓުން ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފެށިކަން އިއުލާނުކޮށްފައެވެ.