ދިވެހި ސަރުކާރުން ފަލަސްތީން ފަންޑަށް ދޭ އެހީ 50،000 ޑޮލަރަށް އިތުރުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ދިވެހި ސަރުކާރުން ފަލަސްތީން ފަންޑަށް ދޭ އެހީ 50،000 ޑޮލަރަށް އިތުރުކޮށްފި

ފަލަސްތީނަށް އެހީވާ އދ. ގެ ފަންޑަށް ރާއްޖެ އިން ދޭ އެހީ 50،000 ޑޮލަރަށް އިތުރު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަަމީރު މިއަދު ވިދާޅުވެއްޖެއެވެ.

މޫސާ ޒަމީރު މިހެން ވިދާޅުވީ ރާއްޖެއިން ފަލަސްޠީނަށް އެހީވުމަށް ކުރިއަށްގެންދާ ޓެލެތޯން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

"ފަލަސްތީނާ އެކު ދިވެހީން" ނަމުގައި ރައީސް މުއިއްޒުގެ އިސްނެންގެވުމަކަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުން އިންތިޒާމުކޮށްގެން ފެށި ޓެލެތޯންގައި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ ފަލަސްތީނު ފަންޑަށް ދެމުން އަންނަ އެހީ 10 ގުނަ އިތުރު ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"މިދިޔަ އަހަރުތަކުގައި ދައުލަތުން ވާނީ މި ފަންޑަށް އަބަދުވެސް އެހީވެދީފައި. އެގޮތުން ކޮންމެ އަހަރަކު ރަމްޒީ އެހީގެ ގޮތުގައި 5،000 ޑޮލަރު ޑޮލަރު ދަނީ ދެމުން. އެކަމަކު މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގެ ފަހުން އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީނަށް ވެފައިވާ އެހީގެ ގޮތުން ރައީސް ވަނީ މި އަހަރު މި ފަންޑަށް 50،000 ޑޮލަރު. އެއީ ކުރިން ދެމުން އައި އަދަދުގެ 10 ގުނަ ހަދިޔާ ކުރާ ގޮތަށް ނިންމަވާފައި،" ޒަމީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ މި ފައިސާ ހަވާލުކުރާނީ ފިނޭންސް މިނިސްޓްރީއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ މެދުވެރިކޮށް، ޚާރިޖީ ވުޒާރާގެ ބެއްލެވުމުގެ ދަށުންކަމަށެވެ. އަދި މަސައްކަތް ކުރިއަށްގެންދިއުމަށް "ކްރޯ މޯލްޑިވްސް އެލްއެލްބީ" ކިޔާ މިނިވަން އޮޑިޓަރެއް ހަމަޖައްސާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

 

މިއަދު އޮންލައިން