ރާއްޖޭގެ ވެރިކަންކުރެއްވި ބޭފުޅުންގެ ތެރެއިން ފަލަސްތީނުގެ މައްސަލައަށް އެންމެބޮޑު ސަމާލުކަމެއް ދެއްވީ ރައީސް ޑރ.މުޢިއްޒު: ޢަބްދުއްރަޙީމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ރާއްޖޭގެ ވެރިކަންކުރެއްވި ބޭފުޅުންގެ ތެރެއިން ފަލަސްތީނުގެ މައްސަލައަށް އެންމެބޮޑު ސަމާލުކަމެއް ދެއްވީ ރައީސް ޑރ.މުޢިއްޒު: ޢަބްދުއްރަޙީމް

ދިވެހި ރާއްޖޭގެ ވެރިކަންކުރެއްވި ބޭފުޅުންގެ ތެރެއިން ފަލަސްތީނުގެ މައްސަލައަށް އެންމެބޮޑު ސަމާލުކަމެއް ދެއްވީ ރައީސުލްޖުމްޙޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

"ފަލަސްތީނާއެކު ދިވެހީން" ނަމުގައި ޕަބްލިކް ސަރވިސް މީޑިއާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޓެލެތޯންއަށް އެހީވުމަށް ޕީޕީއެމް/ޕީއެންސީ ޕާލިމެންޓަރީ ގްރޫޕުގެ މެމްބަރުންނާއެކު ވަޑައިގެން މިރަސްމިއްޔަތުގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ "އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި މިހާތަަނަށް ދިވެހި ރާއްޖޭގެ ވެރިކަންކުރެއްވި ބޭފުޅުންގެ ތެރެއިން ފަލަސްތީނުގެ މައްސަލައިގަ އެންމެބޮޑު ސަމާލުކަމެއް ދެއްވައިގެން، މަސައްކަތްކުރައްވާ ވެރިއެއްގެގޮތުގަ އަޅުގަނޑުމެންނަށް މި ފާހަގަކުރެވެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެކަމަށްޓަކާ އެންމެ ފުރަތަމަ ކަމަަކަށް ޕީޕީއެމް/ޕީއެންސީ ޕާލަމެންޓަރީ ގްރޫޕުގެ ހުރިހާ މެމްބަރުންގެ ނަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރަން" ކަމަށެވެ.

ރައީސުލްޖުމްޙޫރިއްޔާ ފައްޓަވާދެއްވި ޓެލެތޯނަކީ ވަރަށް މާތް މަޤުސަދެއްގައި ފަައްްޓަވާދެއްވި ތެލެތޯނެއްކަމަށާއި އެއީ ސީދާ ރައީސުލްޖުމްޙޫރިއްޔާގެ އެންގެވުމަށް ފެއްޓެވި ތެލެތޯނެއްކަންވެސް ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ.

 

މިއަދު އޮންލައިން