ޕީއެސްއެމް އިން ކުރިއަށް ގެންދާ "ފަލަސްޠީނާއެކު ދިވެހީން" ޓެލްތޯނަށް އެސްޓީއޯ އިން 3 ލައްކަ ރުފިޔާ ހަދިޔާކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ޕީއެސްއެމް އިން ކުރިއަށް ގެންދާ "ފަލަސްޠީނާއެކު ދިވެހީން" ޓެލްތޯނަށް އެސްޓީއޯ އިން 3 ލައްކަ ރުފިޔާ ހަދިޔާކޮށްފި

ޕީއެސްއެމް އިން "ފަލަސްޠީނާއެކު ދިވެހީން"ގެ ނަމުގައި މިއަދު ކުރިއަށް ގެންދާ ޓެލެތޯނަށް އެސްޓީއޯ އިން 300،000 (ތިން ލައްކަ ރުފިޔާ) ހަދިޔާކޮށްފިއެވެ. 

މި ޓެލެތޯނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން މިއަދު ކުރިއަށް ގެންދާ ޓެލެތޯނެކެވެ. 

މިހައި ތަނަށް ބެލިނަމަވެސް މިޙަރަކާތުގެ ތެރެއިން ރާއްޖޭގައި ހިންގާފައިވާ މިފަދަ ޙަރަކާތްތަކުގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ ފައިސާ ޖަމާކުރެވިގެންދާނެ ޙަރަކާތަށް މިޓެލެތޯން ވެގެންދާނެ ކަމަށް ބެލެވެއެވެ. 

ޓެލެތޯން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިރޭގެ 12:00 އާއި ހަމައަށެވެ.

 

މިއަދު އޮންލައިން