އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް އިބްރާހިމް ޝިއުރީ އައްޔަނުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 32ސ
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް އިބްރާހިމް ޝިއުރީ އައްޔަނުކޮށްފި

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ ކަމުގެ މަގާމަށް އިބްރާހިމް ޝިއުރީ އައްޔަނުކޮށްފިއެވެ.

ކުރީގެ މޮޅު ޓީޓީ ކުޅުންތެރިއެއްކަމަށްވާ ޝިއުރީ މިހާރު ހުންނެވީ ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސްގެ މަގާމުގައެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ޝިއުރީ އައްޔަންކޮށްފައި ވަނީ އެމަގާމުގައި ކުރިން ހުންނެވި، ފާތިމަތު ތައުފީޤް މެއި މަހުގެ 22 ވަނަ ދުވަހު މަޤާމުން ވަކިކުރުމުންނެވެ.

ފާތިމަތު އެ މަޤާމުން ވަކިކުރުމާއި ގުޅިގެން އެ ކުންފުނި ވަގުތީ ގޮތުން ހިންގަމުން ދިޔައީ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ބައްސާމެވެ.

މިއަދު އޮންލައިން