ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސެލްގެ އަގު ހެޔޮކޮށްފިއެވެ.
މިކަމާގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސެލްގެ އަގު ޝެޑުތަކުން ވިއްކާ އަގު ހެޔޮކޮށްފައިވާ ކަމަށެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިއީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން މެނިފެސްޓޯގައިވާ ވައުދުތައް ފުއްދުމަށްޓަކައި ގެނެސްފައިވާ ބަދަލެކަމަށެވެ.