އީދުގެ ޙަރަކާތްތައް، އިސްލާމްދީނާއި ދިވެހީންގެ އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފު ނުވާނެ ގޮތަށް އިންތިޒާމުކުރުމަށް އިލްތިމާސްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
އީދުގެ ޙަރަކާތްތައް، އިސްލާމްދީނާއި ދިވެހީންގެ އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފު ނުވާނެ ގޮތަށް އިންތިޒާމުކުރުމަށް އިލްތިމާސްކޮށްފި

އީދުގެ ޙަރަކާތްތައް، އިސްލާމްދީނާއި ދިވެހީންގެ އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފު ނުވާނެ ގޮތަށް އިންތިޒާމުކުރުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ކައުންސިލްތަކަށް އިލްތިމާސްކޮށްފިއެވެ.

ކައުންސިލްތަކަށް އެވުޒާރާއިން ފޮނުއްވާފައިވާ ސަރކިއުލާގައި ވަނީ، އަޟްޙާ ޢީދާ ގުޅިގެން ކައުންސިލްތަކުން، ސިޓީތަކާއި އަދި ރަށްރަށުގައި ކުރިއަށްގެންދާ ޙަރަކާތްތައް، އިސްލާމްދީނާއި ދިވެހީންގެ އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފު ނުވާނެ ގޮތަށް އިންތިޒާމުކުރާ ކަންކަމަށް ހެދުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީންކަމުގައި ބަޔާންކޮށްފައި އޮތުމާއެކު، އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރުކަމަށްވުމުން ޢީދުގެ ހުރިހާ ޙަރަކާތްތަކެއް މާތްވެގެންވާ އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފުނުވާނެހެން ކުރިއަށްގެންދިޔުމަށެވެ.

މީގެއިތުރުން، ޢީދު ފާހަގަކުރުމުގައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނަށް ރިޢާޔަތްކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފިއެވެ.

މި އަހަރުގެ ބޮޑު އީދު ދުވަހަކީ އަންނަ އާދީއްތަ ދުވަހެވެެ.

މިއަދު އޮންލައިން