ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެކުންފުނީގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 80 ރުފިޔާ ބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.
މިއީ އެ ކުންފުނިން ފާއިތުވި 17 އަހަރުގެ ތެރޭގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ. މިއަދަދު ފާސްކުރާނީ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާ ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
އެސްޓީއޯގެ މާލީ ރިޕޯޓުތައް ދައްކާގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް 16 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ.
2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި އެ ކުންފުނިން ވަނީ ހިއްސާއަކަށް 77 ރުފިޔާއެވެ.