ޢީދު ފާހަގަކުރަން ކުރާނެ ކަންކަން ކަމާއިބެހޭ ސަރުކާރުގެ އިދާރާތަކަށް ކުރިއާލައި ހުށަހަޅައިގެން ފާސްކުރަން ޖެހިއްޖެ ނޫންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ޢީދު ފާހަގަކުރަން ކުރާނެ ކަންކަން ކަމާއިބެހޭ ސަރުކާރުގެ އިދާރާތަކަށް ކުރިއާލައި ހުށަހަޅައިގެން ފާސްކުރަން ޖެހިއްޖެ ނޫންތޯ؟

މިހާރަކަށް އައިސް ޢީދު ފާހަގަކުރަން ކުރާ ކަންކަމުގެ ތެރެއިން އިސްލާމް ދީނާއި ޞީރައްޓެހި އެތައް ކަމެއް ކޮންމެ ޢީދެއްގައިވެސް ފެންނަމުން އަންނައިރު ޢީދު ފާހަގަކުރަން ކުރާނެ ކަންކަން ކަމާއިބެހޭ ސަރުކާރުގެ އިދާރާތަކަށް ކުރިއާލައި ހުށަހަޅައިގެން ފާސްކުރަން ޖެހިއްޖެ ނޫންތޯ؟ 

މިއީ ގިނަ ބައަކު ކުރާ ސުވާލެކެވެ. 

ތަކުރާރުކޮށް މިފަދަ ކަންކަން ފެންނަމުން އަންނައިރު އެކަމެއް ކުރުމުން ކަންބޮޑުވުން ފައުޅުކުރުމުގެ ބަދަލުގައި މިކަން ހަރުދަނާ އުޞޫލަކުން ކުރެވޭނެ ގޮތެއް ހަމަ ޖައްސަން މިހާރުވެސް މާބޮދަށް ލަސްވެއްޖެ ކަމަށްވެސް ގިނަ ބައަކު ބުނެއެވެ. 

"ކޮންމެ ސަރުކާރެއްގެ ތެރެއިންވެސް މިފެންނަނީ އިސްލާމް ދީނާ ޚިލާފް ކަންކަން ޢީދުގެ ތެރޭގައި ކުރީމާ ސަރުކާރުން ކަންބޮޑުވެގެން އުޅޭތަން. އެހެންވީމާ މިކަން ތަކުރާރުނުވާނެ ގޮތެއް ހަމަޖައްސަން ނުޖެހޭތޯ؟" ވެސް ސުވާލުކުރެއެވެ. 

މިއަހަރުގެ ޢަޟްޙާ ޢީދާއި ގުޅިގެން އެފަދަ ކަންކަން ނުކުރަން މިނިސްޓަރ އާދަމް ޝަރީފްވެސް، އިސްލާމީ ވަޒީރު ޑރ. ޝަހީމްވެސް އިލްތިމާސްކުރެއްވިއެވެ. ޚުޠުބާގައިވެސް ކިޔެވެ. ނަމަވެސް މިފެންނަނީ އެފަދަ ކުރާތަނެވެ. އެފަދަ ކަންކަން ކުރެވެނީ ނުއެނގިތިބި ކަމަށްވެދާނެއެވެ. ވީމާ ޙައްލަކީ ކުރާނެ ކަންކަން ކުރިއާލައި ފާސްކުރުންކަމަށް ޤަބޫލުކުރެވެއެވެ.

 

މިއަދު އޮންލައިން