މިދިޔަ އަހަރަށްވުރެ މިއަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވިވާނެ: އެމްއެމްއޭ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
މިދިޔަ އަހަރަށްވުރެ މިއަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވިވާނެ: އެމްއެމްއޭ

މިދިޔަ އަހަރަށްވުރެ މިއަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވިވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ލަފާކޮށްފިއެވެ.

މަރުކަޒީ ބޭންކުގެ ކުއާޓަރލީ އިކޮނޮމިކް ބުލެޓިން ރިޕޯޓުގައިވާ ގޮތުން ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދު އިތުރުވަމުން ދިއުމާއި ގުޅިގެން އިޤްތިޞާދަށް އަންނަ ކުރިއެރުންތަކުގަައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. އެގޮތުން ޗައިނާ އާއި ޔޫރަޕް ފަދަ މުހިންމު މާކެޓުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، އަދި ފަތުރުވެރިކަމުގެ ދާއިރާއަށް އަންނަ ކުރިއެރުންތަކާއެކު ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާއަށް އަންނަ ކުރިއެރުންތަކަކީވެސް އިޤްތިޞާދު ދުވެލި ހަލުވިވުމަށް ލިބޭ ބާރެއްކަމަށްވެސް ރިޕޯޓްގައިވެއެވެ.

މިއަހަރު ފުރަތަމަ ކުއާޓަރުގައިވެސް މަސްވެރިކަން ފިޔަވައި ރާއްޖޭގެ އިޤްތިޞާދުގައި ހިމެނޭ މައިގަނޑު އެެހެން ސިނާއަތްތަކަށް ވަނީ ކުރިއެރުން ލިބިފައިވާއިރު މިދިޔަ އަހަރު ޤައުމީ އުފެއްދުންތެރިކަން ހުރީ 4 އިންސައްތައިގައި ހުރިނަމަވެސް މިއަހަރު އިޤްތިޞާދީ ދުވެލި ހުންނާނީ 4.9 އިންސައްތައިގައިކަމަށްވެސް އެމްއެމްއޭގެ ރިޕޯޓްގައިވެއެވެ. 

ކުއާޓަރލީ އިކޮނޮމިކް ބުލެޓިން ރިޕޯޓަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 4 ފަހަރު އާއްމުކުރާ ރިޕޯޓެކެވެ.

 

މިއަދު އޮންލައިން