"ދަނޑުވެރި މަންފާ" ގެ ނަމުގައި ދަނޑުވެރިންނަށް ހިލޭ އެހީ އަދި ލޯނު ސްކީމެއް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން އިފްތިތާޙްކޮށްފިއެވެ.
މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އިފުތިތާހުކޮށް ދެއްވި ސްކީމަކީ އެ މިނިސްޓްރީ އާއި އިންޓަނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑެވޮލޮޕްމަންޓް (އިފާޑް) އާ ގުޅިގެން ކުރިއަށް ގެންދާ ސްކީމެކެވެ.
ދަނޑުވެރި މަންފާ ސްކީމް އަމާޒުކޮށްފައިވަނީ މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމްގެ ހަރަކާތްތައް ކުރިއަށްދާ ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށުގެ ދަނޑުވެރިންނާއި، ދަނޑުވެރިކަމުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، މި ސިނާޢަތުގައި ހަރަކާތްތެރިވާ މަދަނީ ޖަމީއްޔާތަކުގެ އިތުރުން ކޯޕަރޭޓިވް ސޮސައިޓީތަކަށެވެ.
މިއީ އެގްރިކަލްޗާ މިނިސްޓްރީއާއި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑެވޮލޮޕްމަންޓް (އިފާޑް)އާ ގުޅިގެން ކުރިއަށްގެންދާ 15 މިލިއަން ރުފިޔާގެ މެޗިން ގްރާންޓް ސްކީމެކެވެ.