މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް ޖުލައި 6 ގައި ބާއްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް ޖުލައި 6 ގައި ބާއްވަނީ

މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މީޑިއަމް އިވެންޓްސް އާއި މޯލްޑިވްސް ބޯޓިންގ އެސޯސިއޭޝަނާއި ގުޅިގެން "މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް 2024" ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 6 ވަނަ ދުވަހުގައެވެ.

"މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް" އަކީ ރާއްޖޭގެ ކަނޑުގެ ސިނާއަތާއި ގުޅުން ހުރި ފަރާތްތަކާއި އެކު ދާއިރާއާ ގުޅުން ހުރި މަޝްވަރާތައް ކުރުމަށް އަހަރަކު އެއް ފަހަރު ބާއްވާ ފޯރަމެކެވެ. 

މި ފޯރަމްގައި ސަރުކާރުގެ ކަމާބެހޭ އިސްވެރިންގެ އިތުރުން މި ދާއިރާގެ އިސް ސަފުގައި މަސައްކަތް ކުރާ އަމިއްލަ ފަރާތްތައް ބައިވެރިވެ، ހިޔާލު ބަދަލުކޮށް، ސިނާއަތުގައި ކުރިމަތިވާ މުހިންމު އަދި އަސާސީ ގޮންޖެހުންތައް ދެނެގަނެ، ހައްލު ހުށައަޅާ މިފަދަ މައްސަލަތަކާއި މެދު ހޭލުންތެރިކަން އިތުރުކުރާނެ އެވެ. މި ފޯރަމްގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

މިއީ މި ފޯރަމް ބާއްވާ ދެވަނަ އަހަރެވެ.

މިއަދު އޮންލައިން