އެއް ގައުމަކުން އެއްލައްކަައަށް ވުރެ ގިނަ މަސައްކަތު މީހުން ނުގެނެވޭ ގޮތަށް އޮންނަ އުސޫލު އުވާލަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
އެއް ގައުމަކުން އެއްލައްކަައަށް ވުރެ ގިނަ މަސައްކަތު މީހުން ނުގެނެވޭ ގޮތަށް އޮންނަ އުސޫލު އުވާލަނީ!

އެއް ގައުމަކުން އެއްލައްކަައަށް ވުރެ ގިނަ މަސައްކަތު މީހުން ނުގެނެވޭ ގޮތަށް އޮންނަ އުސޫލު އުވާލަން ސަރުކާރުން ނިންމައިފިއެވެ.

މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކޭބެހޭ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ރާއްޖޭގައި ލޭބަރުންނަށް މިހާރު އޮތް ޑިމާންޑާއި ކުރިއަށް އޮތްތަނުގައި އަންދާޒާކުރެވޭ ޑިމާންޑަށް ބަލާއިރު ބަންގްލަދޭޝްގެ ލޭބަރުންގެނެވޭނެ ޢަދަދު އުވާލަން ޖެހޭކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. މިހާރު ޤާނޫނު ބުނާގޮތުން ބަންގްލަދޭޝުން ރާއްޖެއަށް ގެނެވޭނީ 100،000 ލޭބަރުންނެވެ.

"ރާއްޖެއަށް މި ވަގުތު މަސައްކަތު މީހުން ބޭނުންވާ މިންވަރާއި ކުރިއަށް އޮތް ތަނުގައި ބޭނުންވާނެ ކަަމަށް ލަފާކުރެވޭ އަދަދަށް ބަލާއިރު، އަވަށްޓެރި ބަންގްލަދޭޝުން މީހުން ގެނެވޭ އަދަދު އެއްލައްކައިގައި އޮތް އޮތުން އެއީ އުވައިލަން ޖެހޭ ކަމެއް. އެއީ އިތުރު ފިޔަވަޅުތަކެއް އަޅާފައި ނޫނީ ކޮށްގެން ވާނެ ކަމެއް ނޫން" އިހުސާން ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު 90،624 ބަންގްލަދޭޝްގެ ލޭބަރުން ތިބިއިރު ބަންގްލަދޭޝް މީހުންގެ ރެކޯޑް ބެލެހެއްޓުން ނިޒާމީ ގޮތެއްގައި ވަރުގަދަ ކުރުމަށް އަޅާ ފިޔަވަޅުތަކެއް ނިމެންދެން ސަރުކާރުން ވަނީ ބަންގްލަދޭޝުން މީހުން ގެނައުން ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ. 

މިއަދު އޮންލައިން