ކަރަންސީ ސެޓަލްމެންޓް ނިޒާމެއް ޤާއިމް ކުރުމަށް ޗައިނާއާއި ރާއްޖެއިން މަޝްވަރާކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 56ސ
ކަރަންސީ ސެޓަލްމެންޓް ނިޒާމެއް ޤާއިމް ކުރުމަށް ޗައިނާއާއި ރާއްޖެއިން މަޝްވަރާކުރަނީ

ކަރަންސީ ސެޓަލްމެންޓް ނިޒާމެއް ޤާއިމް ކުރުމަށް ޗައިނާއާއި ރާއްޖެއިން މަޝްވަރާކުރައްވައިފިއެވެ.

ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވަނީ ޗައިނާގެ ވިޔަފާރިއައިބެހޭ ވަޒީރާއި ބައްދަލުކުރައްވާފައެވެ. 

15 ވަނަ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ހަވާސާގައި ޗައިނާގެ ޑާލިއަން ޕްރޮވިންސްގެ، ޑާލިއަން ކޮންގްރެސް ހޯލްގައި ބޭއްވި މި ބައްދަލުވުމުގައި، ޗައިނާއާއި ރާއްޖެއާއި ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒުކުރަން ފެށުމަށްޓަކައި ކުރަންޖެހޭ ކަންކަން ވީއެންމެ އަވަހަކަށް ފުރިހަމަ ކުރުމަށް މަޝްވަރާކުރެއްވިއެވެ. އަދި ރާއްޖެއާއި ޗައިނާއާއި ދެމެދު ވިޔަފާރީވެ މުއާމަލާތް ފަސޭހައިން ކުރެވޭނެގޮތަށް ކަރަންސީ ސެޓްލްމަންޓް ނިޒާމެއް ގާއިމްކުރުމުގެ ދެ ޤައުމުގެ ވަޒީރުން ވަނީ މަޝްވަރާކުރައްވާފައެވެ.

ޗައިނާއިން ގެންނަ މުދަލަށް ދިވެހި ރުފިޔާ ބޭނުންކޮށްގެން ބޭންކުތައް މެދުވެރިކޮށް އެ ޤައުމުގެ ފައިސާއިން މުއާމަލާތު ކުރެވޭނެގޮތް ވުމަކީ ދިވެހި ރުފިޔާގެ އަގު އުފުލޭނެކަމެއްކަމަށް އިކޮނޮމިކް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. 

މިއަދު އޮންލައިން