ސްޓެލްކޯ މުވައްޒަފުން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ސްޓެލްކޯ މުވައްޒަފުން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގައި ޙިއްސާވުމަށް ސްޓެލްކޯއިން އިސްނަގައިގެން މޯލްޑިވިއަން ބްލަޑް ސާވިސަސްއާ ގުޅިގެން ލޭހަދިޔާ ކުރުމުގެ ޕްރޮގްރާމެއްކުރިއަށް ގެންގޮސްފިއެވެ. 

ސްޓެލްކޯއިން ބުނެފައިވަނީި ޕްރޮގްރާމަށް މުވައްޒަފުންގެ ފަރާތުން ވަނީ ވަރަށް ބޮޑުތަރުޙީބެއް ލިބިގެންގޮސްފައި ކަމަށާއި މި ޕްރޮގްރާމްގައި ލޭ ހަދިޔާ ކުރުމަށް މިއަދު އެކަނިވެސް 100 އާއި ގާތްކުރާ އަދަދަކަށް މުވައްޒަފުން ވޮލަންޓިއަރކޮށްފައިވާ ކަމަށެވެ.  

އިންސާނިއްޔަތަށް ޚިދުމަތްކުރުމުގެ ގޮތުން މިފަދަ ދާއިރާތަކުން މުޖުތަމަޢުއަށް ޚިދުމަތްކުރުމުގައި ސްޓެލްކޯ އިސްނެގުމަކީ ކުންފުނީގެ މެނޭޖްމަންޓުން ވަރަށް އިސްކަންދޭ ކަމެއްކަމަށާއި ކޮންމެ އަހަރަކުވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައި.ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ. 

"މުޖުތަމައުގެ ލާބައާއި މަންފާއަށް ކުރެވޭ މިފަދަ ކަންކަމުގައި މިކުންފުނީގެ މުވައްޒަފުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ފަހުރުވެރިކަމާއިއެކު ޝުކުރުދަންނަވަން." 

ލޭއަޅާ ކުދިންނަށާއި ކުއްލި ޙާލަތުގައި ލޭބޭނުންވާ ފަރާތްތަކަށް ލޭހަދިޔާކުރުމަކީ މުޅި އިންސާނިއްޔަތަށް ކުރެވޭ އަގުހުރި ޚިދުމަތެކެވެ. ސްޓެލްކޯގެ މުވައްޒިފުންގެ ފަރާތުން މިފަދަ އަގުހުރި ޚިދުމަތެއް ފަށައި ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދަން ނިންމުމުން އަނަގައިދެނީ މިފަދަ އަގުހުރި ޚިދުމަތް ކުރަން ސްޓެލްކޯގެ މުވައްޒިފުންނާއި މެނޭޖްމަންޓުން ވަރަށް ބޮޑު އިސްކަމެއްދޭކަމެވެ.

 

މިއަދު އޮންލައިން