ރާއްޖެ އިޤްތިޞާދީ ބޮޑު އަނދަވަޅަކަށް ވެއްޓުނީ ނިމުނު ސަރުކާރުން އެއްވެސް ރޭވުންތެރިކަމެއް ނެތި ނަގާފައިވާ ދަރަނިތަކުގެ ސަބަބުން: ޤާސިމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ރާއްޖެ އިޤްތިޞާދީ ބޮޑު އަނދަވަޅަކަށް ވެއްޓުނީ ނިމުނު ސަރުކާރުން އެއްވެސް ރޭވުންތެރިކަމެއް ނެތި ނަގާފައިވާ ދަރަނިތަކުގެ ސަބަބުން: ޤާސިމް

ރާއްޖެ އިޤްތިޞާދީ ބޮޑު އަނދަވަޅަކަށް ވެއްޓުނީ ނިމުނު ސަރުކާރުން އެއްވެސް ރޭވުންތެރިކަމެއް ނެތި ނަގާފައިވާ ދަރަނިތަކުގެ ސަބަބުން ކަމަށް މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ޤާސިލް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މާލީ ވަޒީރު ޑރ.މުޙައްމަދު ޝަފީޤް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިކުރެއްވި ބައްދަލުވުން ނިންމަވާލައްވާ ވާހަކަފުޅުދައްކަވަމުން، ކޮމިޓީގެ މުޤައްރިރު ޤާސިމް އިބްރާހީމް ވިދާޅުވީ މާލީ ވަޒީރާއި، ކޮމިޓީގެ މެންބަރުން ހިއްސާކުރެއްވި ވާހަކަފުޅުތަކުން އެނގިގެންދިޔައީ، ރާއްޖޭގެ އިޤްތިޞާދު ބޮޑު އަނދަވަޅަކަށް ވެއްޓި ފަހަތަށް ޖެހުނީ، ނިމުނު ސަރުކާރުގައި އެއްވެސް ރޭވުންތެރިކަމެއް ނެތި ނަގާފައިވާ ދަރަނިތަކުގެ ސަބަބުންކަމަށެވެ.

އެހެންނަމަވެސް އިޤްތިޞާދު ހަމަމަގަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ފާހަގަކުރައްވާ ޤާސިމް އިބްރާޙިމް ވަނީ ސަރުކާރުގެ މަސައްކަތްތަކަށް މަރުޙަބާ ވިދާޅުވެފައެވެ.

"ފިޔަވަޅުތަކެއް ނާޅައިފިނަމަ، ރާއްޖެ ދެން އޮންނާނެ ޙާލަތު އެމެރިކާގެ ޓްރެޜަރީ ޑިޕަރޓްމަންޓްގެ ބޭފުޅުހުންގެ ވާހަކައިންވެސް މިއަދު އެނގުނު. އެ ހާލަތަށް ދާކަށް ބޭނުމެއް ނޫން. ވެއްޓިފައިވާ އަނދަވަޅުން އަރައިގަތުމަށް، އަޒުމާ ހިތްވަރުގައި ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތަށް މަރުޙަބާ ދަންނަވަން." ޤާސިމް ވިދާޅުވިއެވެ.

 

 

މިއަދު އޮންލައިން