ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް ތަންފީޒުކޮށްފިނަމަ މާލީ ހާލަތު ރަނގަޅުވާނެ: ފިޗް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް ތަންފީޒުކޮށްފިނަމަ މާލީ ހާލަތު ރަނގަޅުވާނެ: ފިޗް

މާލީ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް ތަންފީޒުކޮށްފިނަމަ މާލީ ހާލަތު ރަނގަޅުވާނެ ކަމަށް ކްރެޑިޓް ރޭޓިންގ އެޖެންސީ، ފިޗުން ބުނެފިއެވެ.

ރާއްޖޭގެ ދަރަނި މެނޭޖްކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް ތަންފީޒުކޮށްފިނަމަ މާލީ ހާލަތު ރަނގަޅުވެ، ފައިނޭންޝަލް ރޭޓިންގ މަތިވެގެންދާނެކަމަށާއި އިޤްތިޞާދު ސިންދަފާތުކުރުމަށް ކުރާ މަސައްކަތާއި ވިލުންވެރި އިޤްތިޞާދެއް ބިނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ސަބަބުން މާލީ ހާލަތު ރަނގަޅުވުމަށް މަގުފަހިވެގެންދާނެކަމަށް ފިޗުން ބުނެފައިވެއެވެ. 

ރާއްޖޭގެ ރޭޓިން މުރާޖައާކުރުމަށް ފަހު ފިިޗުން މިއަދު އާންމުކުރި ލިޔުމުގައި ބުނީ ރާއްޖެއަށް ދީފައިވާ "ބީ މައިނަސް"ގެ ރޭޓިން މިހާރު "ސީސީސީ ޕްލަސް"އަށް ދަށްކޮށްފައިވާ ކަމަށެވެ.

ފިޗުން ނެރެފައިވާ ބަޔާނެއް ބުނެފައިވަނީ ރާއްޖެއަށް ދަރަނި ދެއްކުމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އެގޮތުން އަންނަ އަހަރު ދަރަނީގެ ގޮތުގައި ނުވަ ބިލިއަން ރުފިޔާ އަދި 2026 ވަނަ އަހަރު ދަރަނީގެ ގޮތުގައި 15 ބިލިއަން ރުފިޔާ ރާއްޖެއިން ދައްކަންޖެހޭ ކަމަށްވެސް ބުނެފައިވެ އެވެ.

ރާއްޖޭގެ ކަރަންޓް އެކައުންޓް ޑެފިސިޓް 492 މިލިއަން ޑޮލަރު ނުވަތަ 7.5 ބިލިއަން ރުފިޔާ އިން 748 މިލިއަން ޑޮލަރު ނުވަތަ 12 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށްވެސް ފިޗްގެ ބަޔާނުގައިވެ އެެވެ. އަދި ފޮރިން ރިޒާވުގެ ޝޯޓް ޓާމު ފޮރިން ލައިބިލިޓީތަކުގެ އަދަދު 73 މިލިއަން ޑޮލަރު ނުވަތަ 1.1 ބިލިއަން ރުފިޔާއަށް ދަށްވެގެން ގޮސްފައިވާ ކަމަަށްވެސް ފާހަގަކޮށްފައިވެއެވެ.

ދައުލަތުން އެންމެ ބޮޑު ދަރަންޏެއް އަދާކުރަން އޮތީ 2026 ވަނަ އަހަރު އެވެ. އެ އަހަރު ދަރަނި ދެއްކުމަށް 15 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ. އެއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ދަރަނި ދައްކަން ޖެހޭ އަހަރެވެ.

ފިޗުން ވަނީ ރާއްޖޭގެ އިގްތިސޯދުގެ ދުވެލި މަތިވާނެ ކަމަށް އަންދާޒާކޮށްފަ އެވެ. އެގޮތުން ފިޗުން ވަނީ މިދިޔަ އަހަރު 4.0 ޕަސެންޓުގައި ހުރުމަށް މި އަހަރު 5.0 ޕަސެންޓަށް އަދި އަންނަ އަހަރު އިގްތިސޯދުގެ ދުވެލި 6.3 ޕަސެންޓަށް އުފުލިގެންދާނެ ކަމަށް އަންދާޒާކޮށްފައެވެ.

 

 

މިއަދު އޮންލައިން