ސަރުކާރުން އުޅެނީ ޓެކްސްތައް ބޮޑުކޮށް އަދި ޓެކްސް ނަގާ ބާވަތްތައް އިތުރުކުރަން ކަމަށް ފަތުރާ ވާހަކަތައް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ދޮގުކުރައްވައިފިއެވެ.
ޑރ. ޝަފީޤް ވިދާޅުވެފައިވަނީ ސަރުކާރުން އުޅެނީ ޓެކްސްތައް ބޮޑުކުރާކަށް ނޫނީ ކުޑަކުރާކަށް ނޫން ކަމަށާއި އުޅެނީ މުރާޖަޢާކުރަން ކަމަށެވެ. އަދި އެއީ ކުރަންޖެހޭ ކަމެއް ކަމަށާއި އެކަންކުރަން ދުނިޔޭގެ މާލީއިދާރާތަކުން ހުށަހަޅާ ކަމަށެވެ.
ޓެކްސް ރިވިޔުކުރުން ނުވަތަ މުރާޖަޢާކުރުމަކީ އެކަމުގެ ސަބަބުން ފައިސާރަކެއް ކުރާކަމެކެވެ. މިޘާލަކަށް ރައްޔިތުންނަށް އެންމެ މިހުންމު ތަކެތީޣެ ޓެކްސްތައް ކުޑަކޮށް އަދި އެފަދަ ބާވަތްތަކުގެ ލިސްޓަށް އިތުރުކޮށް ކޮންމެހެން ބޭނުންނުވާ ލަގްޒަރީ ތަކެތީގެ ޓެކްސް ބޮޑުކުރީމާ އެކަމުގެ ފައިދާ ނިކަމެތި ޢާންމުރައްޔިތުންނަށް ކުރާނެއެވެ.
މިހާރު ޖީއެސްޓީ ނަގަމުންދާ ބާވަތްތައް ރަނގަޅަށް ދިރާސާކޮށްފިނަމަ ހެޔޮ ބަދަލުތަކެއް ގެނެވޭނެއެވެ. ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާ ބާވަތްތަކުގެ ލިސްޓް ދިގުކޮށްލައިފިނަމަ ޖީއެސްޓީ ނެގުން ހުއްޓައިލެވިދާނެ ބާވަތްތަކާ އެކަމުގެ މުހިންމުކަން އެނގިގެންދާނެއެވެ.
ޓެކްސްތައް ރިވިޔުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންގެ އަތުން ޓެކްސް ނެގެނީ އެންމެ އިންޞާފުވެރި ގޮތުގައިކަން ޔަޤީންކުރުމެވެ. ވީމާ ރަނގަޅު ގޮތުގައި، ހެޔޮވިސްނުމެއްގައި ޓެކްސް ރިވިޔުކުރުމުން ރައްޔިތުންނަށް ކުރާނީ ފައިދާއެވެ.