ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގައި ދަޢުލަތުގެ ކުންފުންޏެއްގެ ޙައިސިއްޔަތުން ސްޓެލްކޯ އަބަދުވެސް ފުރިހަމަ އެއްބާރުލުން ދެމުންދާނެ!: ފަހުމީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގައި ދަޢުލަތުގެ ކުންފުންޏެއްގެ ޙައިސިއްޔަތުން ސްޓެލްކޯ އަބަދުވެސް ފުރިހަމަ އެއްބާރުލުން ދެމުންދާނެ!: ފަހުމީ

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގައި ދަޢުލަތުގެ ކުންފުންޏެއްގެ ޙައިސިއްޔަތުން ސްޓެލްކޯ އަބަދުވެސް ފުރިހަމަ އެއްބާރުލުން ދެމުންދާނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. 

ފަހުމީ ވިދާޅުވީ ދަޢުލަތުގެ ޚަރަދުތައް ކުޑަ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަން ނިންމެވި ފިޔަވަޅުތަކަށް ފުރިހަމައަށް ތާޢީދުކޮށް މަރުޙަބާ ދަންނަވާކަމަށެވެ.   

"ދިވެހިރާއްޖެއަކީ އަރަނިވެރި، ތިޔާގި އަދި މާލީ ބުރަތަކަށް ވިލުންވެރި ޤައުމަކަށް ހެއްދެވުމަށް ރައީސް އަޅުއްވާ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ދިވެހި ޤައުމު ދެކެ ލޯބިވާ ރައްޔިތެއްގެ ޙައިސިއްޔަތުން އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން. 

އަދި ހަމަ މިއާއިއެކު ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގައި ދަޢުލަތުގެ ކުންފުންޏެއްގެ ޙައިސިއްޔަތުން ސްޓެލްކޯ އަބަދުވެސް ފުރިހަމަ އެއްބާރުލުން ދެމުންދާނެ ކަމުގެ ޔަޤީންކަންވެސް އަރުވަން. މާތްﷲގެ ވާގިފުޅާއެކު ސަރުކާރުން ރައްޔިތުންގެ ލާބައާއި މަންފާއަށް އަދި ކުރިއެރުމަށް ކުރަމުން މިގެންދާ މަސައްކަތުގައި ދާދި އަވަހަށް ކުލަޖެހިގެންދާނެ. މިކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް." 

- ޙުސައިން ފަހުމީ

މިއަދު އޮންލައިން