ކައިރި މުސްތަޤްބަލެއްގައި ޝަންގްރިއްލާ ހުޅުވި އައްޑޫގެ ޒުވާނުންނަށް 400 އެއްހާ ވަޒީފާ ހުޅުވިގެންދާނެ: ފައިސަލް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ކައިރި މުސްތަޤްބަލެއްގައި ޝަންގްރިއްލާ ހުޅުވި އައްޑޫގެ ޒުވާނުންނަށް 400 އެއްހާ ވަޒީފާ ހުޅުވިގެންދާނެ: ފައިސަލް

ކައިރި މުސްތަޤްބަލެއްގައި އައްޑޫ ޝަންގްރިއްލާ ހުޅުވި އައްޑޫގެ ޒުވާނުންނަށް 400 އެއްހާ ވަޒީފާ ހުޅުވިގެންދާނެ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާޙީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް މިއަހަރު އައި އެއް މިލިޔަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ ޝަންގްރިއްޔާ އޮޕަރޭޝަނަށް ގެނައުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށާއި ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.

" މިއީ، އެކަން ހާސިލްކުރުމަށް މިދަނީ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން، ވަރަށް ކައިރި މުސްތަޤްބަލެއްގައި ޝަންގްރިއްލާގެ އިޝޫއަށްވެސް ހައްލެއް ލިބި އައްޑޫގެ ޒުވާނުންނަށް 400 އެއްހާ ވަޒީފާ ހުޅުވިގެންދާނެ" ވަޒީރު ވިދާޅުވިއެވެ.

ޝަންގްރިއްލާ ރިސޯޓަކީ އައްޑޫގެ ގިނަ ބަޔަކު ވަޒީފާ އަދާ ކުރަމުންއައި ރިސޯޓެކެވެ. ނަމަވެސް އެތަން ބަންދު ކުރުމަށްފަހު، ގިނަ ބައެއްގެ ވަޒީފާ ގެއްލިގެން ދިޔައިރު، އަލުން ރިސޯޓު ހުޅުވޭނެ ދުވަހަކަށް އައްޑޫގެ ގިނަ ބަޔަކު ދަނީ އިންތިޒާރުކުރަމުންނެވެ.

ވަޒީރު ފައިޞަލް ވިދާޅުވީ އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކުރާނީ މި ސަރުކާރުން ކަމަށާއި، މެދުކެނޑުމެއް ނެތި އެމަސައްކަތްކުރަމުންދާ ކަމަށެވެ. އަދި އެގޮތުން ޗައިނާ އީސްޓަން އެއަރލައިން އިން އައްޑޫއަށް ސީދާ ދަތުރުތައް ފެށުމާއި ގުޅޭ މަޝްވަރާތައް ކުރެވެމުންދާ ކަަމަށެވެ.

"ޗައިނާ އައިޓީބީގައި ޗައިނާ އީސްޓަން އެއަރލައިންއާއި އެކު އެވާހަކަ މަޝްވަރާކުރިން، އައްޑޫ އަށް ޗައިނާގެ އެކި ޕްރޮވިންސްތަކުން ޑައިރެކްޓު ފްލައިޓު ގެނެވޭނެގޮތަކާއި މެދު، ޗައިނާ އީސްޓަން އެއަރލައިންގެ ބޭފުޅުން ވަރަށް އަވަހަށް ރާއްޖެ އަންނާނެ އައިސް މަޝްވަރާކުރާނެ، އެކަން ކުރެވޭނެ ކަމުގެ އުއްމީދު ބޮޑު" ފައިސަލް ވިދާޅުވިއެވެ.

މިއަދު އޮންލައިން