ޚާރިޖީ ވަޒީރު މޫސާ ޒަމީރު ފަލަސްޠީނުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ ބައްދަލުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 38ސ
ޚާރިޖީ ވަޒީރު މޫސާ ޒަމީރު ފަލަސްޠީނުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ ބައްދަލުކުރައްވައިފި

ޚާރިޖީ ވަޒީރު މޫސާ ޒަމީރު ފަލަސްޠީނުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިޔާދު މަންސޫރާއި ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ ޚާރިޖީ ވަޒީރު މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނިއުޔޯކުގައެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން ފަލަސްޠީނު އަޙުންނާއި އުޙުތުންނާއެކު އަބަދުވެސް ތިބޭނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމް ކުރުމަށް ކުރާ މަސައްކަތުގައި އަބަދުވެސް ރާއްޖެ ބައިވެރިއެއް ގޮތުގައި އޮންނާނެ ކަމަށާއި އދ.ގެ ފުރިހަމަ މެންބަރު ޤައުމަކަށް ފަލަސްޠީނު ހެދުމަށްވެސް ރާއްޖެއިން މިހާރެކޭ އެއްގޮތަށް ދެމުންދާ އެއްބާރުލުން ދަމަހައްޓާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

މިއަދު އޮންލައިން