މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރަން ދުބާއީގެ އެހީތެރިކަން ހޯދަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރަން ދުބާއީގެ އެހީތެރިކަން ހޯދަނީ

މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރަން ދުބާއީގެ އެހީތެރިކަން ހޯދަން ދުބާއީގެ ޓެކްނޮލޮޖީ އެހީތެރިކަން ހޯދަން ނިންމައިފިއެވެ.

މިކަމާގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ދުބާއީގެ ރޯޑްސް އެންޑް ޓްރާންސްޕޯޓު އޮތޯރިޓީއާކު ބޭއްވުނު ބައްދަލުވުމުގައި މާލެ ސަރަޙައްދުގައި ވެހިކަލް ތޮއްޖެހޭ ޖެހުން ކުޑަކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށާއި އެހީތެރިކަން ފޯރުކޮށްދޭނީ އެއްބަސްވެފައިވާ ފްރޭމް ވޯކެއްގެ ދަށުން ކަމަށެވެ.

އާރުޓީއޭގެ ޓެކްނޮލޮޖީ އަދި ތަޖުރިބާގެ އަލީގައި މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް މަސައްކަތްކުރާނެ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

މާލޭ ސަރަހައްދަށް ރަޖިސްޓްރީކޮށްދީފައިވާ އުޅަނދުތަކުގެ އަދަދު 42،000 އަށްވުރެ މައްޗަށް އަރާއިރު ފާއިތުވި 5 އަހަރުގެ ތެރޭގައި 69،780 އުޅަނދެއް އަލަށް ވަނީ ރަޖިސްޓްރީކޮށްދީފައެވެ. 

މިއަދު އޮންލައިން