ޢާއިލާގެ އެދުމަށް އިޙްތިރާމްކޮށް ހަށިގަނޑު ވަޅުލަން ޙަވާލުކުރަން ނިންމެވީ ރައީސް! މަޢުލޫމާތަށް އެދޭ ހުރިހާ ފަރާތްތަކަށް ތަފްޞީލްދޭންވެސް އޮތީ އަންގަވާފަ!: އިޙްޞާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ޢާއިލާގެ އެދުމަށް އިޙްތިރާމްކޮށް ހަށިގަނޑު ވަޅުލަން ޙަވާލުކުރަން ނިންމެވީ ރައީސް! މަޢުލޫމާތަށް އެދޭ ހުރިހާ ފަރާތްތަކަށް ތަފްޞީލްދޭންވެސް އޮތީ އަންގަވާފަ!: އިޙްޞާން

ސަޖިދައިގައި ވަނިކޮށް ނިޔާވި މުޙައްމަދު ޖަމީލުގެ ހަށިގަނޑު ޢާއިލާ އާއި ހަވާލުކުރުމުން ހުޅުމާލެ ސަހަރާއަށް ގެންދިއުމާއިއެކު ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ފޮޓިތަކާއި ގުޅިގެން ތަޙްޤީޤް އިތުރަށް ފުރިހަމަކުރަން ބޭނުންވި ކަމަށާއި ނަމަވެސް ޢާއިލާއިން އެކަމަށް އެކަމަށް އެއްބާރުލުން ނުދިނުމުން ޢާއިލާގެ އެދުމަށް އިޙްތިރާމްކޮށް ހަށިގަނޑު ވަޅުލަން ޙަވާލުކުރަން ނިންމެވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށާއި އޭނާގެ މަރާއި ގުޅޭގޮތުން މަޢުލޫމާތަށް އެދޭ ހުރިހާ ފަރާތްތަކަށް ތަފްޞީލްދޭންވެސް އެމަނިކުފާނު އޮތީ އަންގަވާފައި ކަމަށް ހޯމް މިނިސްޓަރ  އިޙްޞާން ވިދާޅުވެއްޖެއެވެ.

މިއަދުބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޙްޞާން ވިދާޅުވީ މަޢުލޫމާތަށް ކޮންމެ ފަރާތަކުން އެދުނަސް ބޭނުންވާ ހުރިހާ މަޢުލޫމާތެއް ދޭން ނިންމަވާފައިވާ ކަމަށާއި އެކަމަށް އެއްވެސް ހުރަހެއެް ނުއޮންނާނެ ކަމަށެވެ. ހަމައެއާއިއެކު މަޢުލޫމާތު ނުހޯދައި އެބައަކަށް ފެންނަ ގޮތަކަށް ކަންކަން ހާމްކުރަމުން ގެންދާތީ ކަންބޮޑުވެޑައިގަންނަވާ ކަމަށްވެސް އިޙްޞާން ވިދާޅުވިއެވެ. 

އިޙްޞާން ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ކަމަކާއި ގުޅިގެން ސާފު މަޢުލޫމާތު ހާމަކުރުން ކަމަށާއި އެސިޔާސަތު ތަންފީޒުކުރައްވާނެ ކަމަށެވެ. 

ސޯޝަލް މީޑިއާގައި ދައުރުކުރާ ފޮޓޯތަކުން ފެންނަ ކަންކަމުގެ މަޢުލޫމާތު ފުލުހުން ވަނީ ހާމަކޮށްފައެވެ. ފުލުހުން ބުނެފައިވަނީ ހަށިގަނޑު ބެލި އެއްވެސް ޑޮކްޓަރަކުވެސް އަދި އެއްވެސް މުއައްސަސާއަކުންވެސް އޭނާއަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކޮށްފައިވާކަން ފާހަގަކޮށްފައި ނެތް ކަމަށވެެ. "އަދި ނަތީޖާ ރިޕޯޓް ނުލިބެނީ ސީޓީ ސްކޭންގެ. އެރިޕޯޓް ލިބުމުންވެސް ހާމަކުރާނަން!" ފުލުހުން ބުނެފައިވެއެވެ.

 

މިއަދު އޮންލައިން