އިމްޕޯޓް ޑިޔުޓީއަށް ދައްކަން ޖެހޭ ފަސްމިލިއަން ހަލައްކަ ރުފިޔާ އަށް މަކަރު ހަދަން އުޅެނިކޮށް އަތުލައިގެންފި!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 12ސ
އިމްޕޯޓް ޑިޔުޓީއަށް ދައްކަން ޖެހޭ ފަސްމިލިއަން ހަލައްކަ ރުފިޔާ އަށް މަކަރު ހަދަން އުޅެނިކޮށް އަތުލައިގެންފި!

އިމްޕޯޓް ޑިޔުޓީގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ ފަސްމިލިއަން ހަލައްކަ ރުފިޔާއަށް މަކަރު ހަދަން އުޅެނިކޮށް ކަސްޓަމްސް އިން އަތުލައިގެންފިއެވެ. 

ކަސްޓަމްސްގެ ޚަބަރު: 

ކަސްޓަމްސްގެ އިޖުރާއަތުތައް ފުރިހަމަނުކޮށް، ރާއްޖެއަށް ސިއްރުން ސިނގިރޭޓްތަކެއް އެތެރެކޮށްފައިވާކަމުގެ ތުޙުމަތުކުރެވިގެން ތަޙްޤީޤު ކުރަމުންދާ މައްސަލައެއްގައި ކޯޓް އަމުރުގެ ދަށުން، 2024 ޖޫން 24 ވަނަ ދުވަހު ހުޅުމާލޭގެ ތަނެއް ބަލައި ފާސްކުރެވިފައިވާއިރު، މާލެ އާއި ހުޅުމާލޭ ގެ 4 (ހަތަރު) ތަނެއް 2024 ޖޫން 26 ވަނަ ދުވަހު ބަލައި ފާސްކުރެވިފައިވެއެވެ. 

މި ޚާއްޞަ އޮޕަރޭޝަނުގައި ޖުމްލަ 173 ކާޓަން ނުވަތަ 1,731,597 ( އެއް މިލިއަން ހަތްސަތޭކަ ތިރީސް އެއްހާސް ފަސްސަތޭކަ ނުވަދިހަ ހަތެއް) ސިނގިރޭޓް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ. މިތަކެތީގެ ލަފާކުރެވޭ މާކެޓް ވެލިއުއަކީ 1,600,596.00 (އެއްމިލިއަން ހަލައްކަ ފަސްސަތޭކަ ނުވަދިހަ ހައެއް) ދިވެހި ރުފިޔާ ކަމަށްވާއިރު، މިތަކެތީގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ގާތްގަނޑަކަށް 5.6 (ފަހެއް ޕޮއިންޓް ހައެއް) މިލިއަން ދިވެހި ރުފިޔާ ދައުލަތައް ދައްކަންޖެހެއެވެ.  

އިސްވެދެންނެވުނު އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ދެއްވަމުންގެންދަވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރުދަންނަވަމެވެ.

ކަސްޓަމްސްގެ މަސައްކަތްތައް މިއަދު ބައްޓަންވެފައިވަނީ ދުރާލާ ކަސްޓަމްސް އަށްލިބޭ އިންޓެލިޖެންސް މައުލޫމާތާއި ޓްރޭޑަރ ޕްރޮފައިލް އަށް ބިނާކޮށް ކަނޑައެޅޭ ހިރާސްގެ މިންވަރުތަކަށް ރިއާޔަތްކޮށް މުދަލުގެ ލިޔެކިއުން ނިންމުމާއި މުދާ ބަލައިފާސްކުރުމުގެ މައްޗަށެވެ. މިގޮތުން ކަސްޓަމްސް އަށް ދުރާލާ ލިބޭ މައުލޫމާތުތަކަށް ބިނާކޮށް، ޤާނޫނާ ގަވާއިދާ ޚިލާފު ޢަމަލުތަކަށް ޝައްކުކުރެވޭ ހާލަތްތަކުގައި، މުދާ ކްލިއަރކުރުމުގެ ފުރުޞަތުދިނުމަށްފަހު، ޤާނޫނާ ގަވާއިދާ ޚިލާފު އަމަލުތައް ހިންގާ ނެޓްވޯކްތައް ހޯދާ އެފަރާތްތަކަށް ވާޞިލްވުމަށްޓަކައި "ކޮންޓްރޯލްޑް ޑެލިވަރީ" އޮޕަރޭޝަންތައް ކުރިއަށްގެންދެވެއެވެ. މިގޮތަށް ހިންގޭ އޮޕަރޭޝަންތަކުގެ ތެރެއިން މިފަދަ މުދާ ގެންގޮސް ވައްދާ ތަންތަން ބަލައިފާސްކޮށް އެތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވެއެވެ. އަދި އޮޕަރޭޝަންތަކުގައި ފާހަގަކުރެވޭ، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް ތަކެތި އެތެރެކޮށް ބޭރުކުރާ ފަރާތްތަކުގެ މައްސަލަތައް ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ތަހްޤީޤްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަޤީންކަން އެންމެހާ ދިވެހި ރައްޔިތުންނަށް އަރުވަމެވެ.

މިއަދު އޮންލައިން