ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އައިޖީއެމްއެޗަށް ނުދިއުމަށް އެ ހޮސްޕިޓަލުން އެދިއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 46ސ
ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އައިޖީއެމްއެޗަށް ނުދިއުމަށް އެ ހޮސްޕިޓަލުން އެދިއްޖެ!

ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ޒިޔާރަތް ނުކުރުމަށް އެ ހޮސްޕިޓަލުން އެދިއްޖެއެވެ.

މިކަމާގުޅިގެން އައިޖީއެމްއެޗުން ނެރުނު އިއުލާނެއްގައި، ބުނެފައިވަނީ ހައްޖު ކުލިނިކަށް ހާޒިރުވާ މީހުންގެ ތެރެއިން ރޯގާގެ އަލާމާތްތައް ހުންނަ މީހުންގެ އަދަދު އިތުރުވެފައިވާކަމަށާއި އެހެންކަމުން، ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އެ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށެވެ. 

އަދި އަންނަން ޖެހިއްޖެ ހާލަތެއްގައި ވެސް، މާސްކު އަޅައިގެން، ހާއްސަކޮށް ރޯގާގެ އަލާމާތެއް ހުރިނަމަ އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން މާސްކު އެޅުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފައިވެއެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އަންނަ މީހުންނަށް ޚާއްސަކޮށްގެން އައިޖީއެމްއެޗްގައި ވަނީ ފުލޫ ކުލިނިކެއް ހުޅުވާފައެވެ.

މިއަދު އޮންލައިން