ރައީސް ޑރ. މުޢިއްޒުގެ ނިންމެވުމަށް ސެޕްޓެމްބަރު މަހުން ފެށިގެން ކުރީގެ ސީ.އެޗް.އެސް.ސީގެ އިމާރާތުގައި އޭލެވެލް އަށް ކިޔަވައިދޭން ފަށަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ރައީސް ޑރ. މުޢިއްޒުގެ ނިންމެވުމަށް ސެޕްޓެމްބަރު މަހުން ފެށިގެން ކުރީގެ ސީ.އެޗް.އެސް.ސީގެ އިމާރާތުގައި އޭލެވެލް އަށް ކިޔަވައިދޭން ފަށަނީ

އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ކުރީގެ ސީ.އެޗް.އެސް.ސީގެ އިމާރާތުގައި އޭލެވެލް އަށް ކިޔަވައިދޭން ފަށާނެ ކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. 

ޑރ. ޝަފީޢުގެ ބަސްފުޅު: 

ފުރަމާލެއަކީ ދިވެހިރާއްޖޭގައި އެންމެ ގިނަދަރިވަރުން ކިޔަވަމުންދާ ރަށެވެ. މިހިނގާ 2024ވަނަ އަހަރު ގްރޭޑް10 ގައި 1700 ދަރިވަރުން ފުރަމާލޭގާ ކިޔަވަމުން ދެއެވެ. މި ރަށުގައި އޭލެވެލަށް ކިޔަވައިދޭނެ ސަރުކާރުގެ ސްކޫލެއް ނެތުމަކީ އެކަމުގެ ދަތިކަން ގިނަ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފޯރަމުންދާ ކަމެކެވެ. 

މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް މިއަންނަ ސެޕްޓެމްބަރު މަހު އޭލެވެލް ކިޔެވުން ފެށެންވާއިރަށް ކުރީގެ ސީ.އެޗް.އެސް.ސީގެ އިމާރާތުގައި އޭލެވެލް ކިޔެވެމުގެ އިންތިޒާމު ހަމަޖަހިގެން ދާނެވާހަކަ ދަންނަވަމެވެ. 

ފުރަމާލޭގައި ސަރުކާރުގެ އޭލެވެލް ސްކޫލެއް ހުޅުވުމުން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ އޭލެވެލް ދަރިވަރުންގެ އަދަދު މަދުވާނެއެވެ. އަދި، ގާތުން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒު ކުރެވި، އޭލެވެލްގެ ތައުލީމަށް ސަރުކާރުން ކުރާ ހޭދަވެސް މީހާރަށްވުރެ ކުޑަކުރެވޭނެއެވެ. 

ކައިރި މުސްތަގުބަލެއްގައި އޭލެވެލް ކިޔަވައިދުމަށް މުޅިން އާއިމާރާތެއް މާލޭގައި ބިނާކުރެވޭނެއެވެ. 

ފުރަމޭލޭގައި އޭލެވެލް ސްކޫލެއް ހުޅުވުމުގެ ސަބަބުން ހުޅުމާލޭގައި ގާއިމުކުރެވިފައިވާ ސީ.އެޗް.އެސް.ސީ އަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

 

މިއަދު އޮންލައިން