ބޮޑެތި ލޯނުތައް ނަގައި ރައްޔިތުން ދަރަނިވެރިކުރުވީ ދައުލަތަށް ފައިސާ ނުލިބޭތީ ނޫންކަން މެންބަރު މީކާއީލް ހާމަކުރައްވައިފި-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ބޮޑެތި ލޯނުތައް ނަގައި ރައްޔިތުން ދަރަނިވެރިކުރުވީ ދައުލަތަށް ފައިސާ ނުލިބޭތީ ނޫންކަން މެންބަރު މީކާއީލް ހާމަކުރައްވައިފި-

"އަދިވެސް އެއްފަހަރު ތަކުރާރުކޮށްލާނަން. ކަންކަން ކުރެވޭވަރަށް ކޮންމެ މަހަކު ވަދޭ ފައިސާ! އަދި ދައްކަން ހުރި ލޯނުތަކަށް ފައިސާ ހޯދޭނެ ގޮތްތައް އަޅުގަނޑުމެންނަށް އެބަހުރި ފަހިވެފަ!  މިހާރު ވެސް އަޅުގަނޑުމެންނާ ގާތް ރައްޓެހި ދިމަދިމާލުން އެބަހުރި ގްރީން ސިގްނަލް ލިބިފަ.  ދައްކަން ހުރި ބައެއް ބޮޑެތި ލޯނުތަކަށް ރީފައިނޭންސްކުރެވޭނެ ގޮތްތައް ހުރީ ހަމަޖެހިފަ! އެހެންވީމާ އެއްވެސް ކަންބޮޑުވުމެއް ނެތް! އެއްވެސް ކަންބޮޑުވުމެއް ނެތް އަޅުގަނޑުމެންނަށް ޤައުމުގެ އިޤުތިޞާދީ ހާލަތާމެދު!"

- މީކާއީލް 

މީކާއީލް ފުރަތަމަވެސް އެވިދާޅުވީ ދައުލަތުން ކުރަންޖެހޭ ކަންކަން ކުރެވޭވަރަށް ކޮންމެ މަހަކުވެސް ފައިސާ ވަންނަ ކަމަށެވެ. އެހެންކަމަށްވާއިރު ބަޖެޓުން ނުފިުދިގެންނޭ ކިޔައިގެންނާއި އަދި ރައްޔިތުންނަށް ކަންކަން ކޮށްދޭންވެގެންނޭ ކިޔައިގެން އެމްޑީޕީގެ ސަރުކާރުގައި ބޭރު ޤައުމުތަކުން ބޮޑެތި ލޯނުތައް އެކި ނަންނަމުގައި ނެގީ ނުފުއްދިގެން ނޫންކަމާއި ދައުލަތަށް ލިބޭ ފައިސާ ކޮންމެވެސް އެހެން ކަންތައްތަކަކަށް ޚަރަދުކުރުމުންކަން އެއޮތީ ވަރަށް ރަނގަޅަށް ހާމަވެފައެވެ. 

ދައުލަތުގެ މުއައްސަސާތަކުން ބަލައި ހޯދަންޖެހިފައި މިވަނީ އެފައިސާތައް ޚަރަދުކޮށްފައިވާ ދިމާތަކެވެ. 

ދެން އެވިދާޅުވާ އެއްޗަކަށް ވިސްނާލުމުން އެނގެނީ އަދި މާނުރައްކާތެރި ކަމެކެވެ. 

"އަދި ދައްކަން ހުރި ލޯނުތަކަށް ފައިސާ ހޯދޭނެ ގޮތްތައް އަޅުގަނޑުމެންނަށް އެބަހުރި ފަހިވެފަ!  މިހާރު ވެސް އަޅުގަނޑުމެންނާ ގާތް ރައްޓެހި ދިމަދިމާލުން އެބަހުރި ގްރީން ސިގްނަލް ލިބިފަ.  ދައްކަން ހުރި ބައެއް ބޮޑެތި ލޯނުތަކަށް ރީފައިނޭންސްކުރެވޭނެ ގޮތްތައް ހުރީ ހަމަޖެހިފަ!" 

އެވިދާޅުވާ ރީފައިނޭންސް ކުރުމަކީ އެމްޑީޕީގެ ސަރުކާރުގައި ޢަމަލުކުރަމުން އައިސްފައިވާ ގޮތެވެ. ދަރަނި އަދާކުރަންޖެހޭ މުއްދަތު ހަމަވުމުން ދަރަނި ނުދައްކައި މުއްދަތު އިތުރުކުރުމެވެ. އަބަދުވެސް އިތުރަށް ދަރަނި ބޮޑުކުރަމުން ދިއުމެވެ. އެންމެ ސާފު ޢިބާރާތުންނަމަ ޤައުމު ވިއްކާލައި އަޅުވެތިވެގެން ތިބުމެވެ. 

އެކަމުގެ ނަތީޖާއަކަށްވާނީ ދަރަނިދިން ފަރާތުގެ އަޅުންނަށް ދިވެހި ރައްޔިތުން ބަދަލުވުމެވެ. މިއަދުގެ ސަރުކާރަށް ކަމުނުގޮސްގެން އެއުޅެނީ އެގޮތެވެ.

 

މިއަދު އޮންލައިން