ދަރަނި ނަގާތީ ކަންބޮޑުވެ ހުށަހެޅި މައްސަލަ ކުރީގެ މަޖިލީހުން ނުވެސް ބެލި! ދަރަނި އިތުރަށް ޤައުމު ބަނގުރޫޓިުކޮށްލީ!: މެންބަރު ސަޢުދުﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 15ސ
ދަރަނި ނަގާތީ ކަންބޮޑުވެ ހުށަހެޅި މައްސަލަ ކުރީގެ މަޖިލީހުން ނުވެސް ބެލި! ދަރަނި އިތުރަށް ޤައުމު ބަނގުރޫޓިުކޮށްލީ!: މެންބަރު ސަޢުދުﷲ

ޤައުމަށް ނުކަތާވަރަށް ދަރަނި ނަގައި ރައްޔިތުން ދަރަނިވެރިކުރުވަމުން ގެންދާތީ 2020 ވަނަ އަހަރު އެމައްސަލަ މަޖިލީހަށް ހުށަހެޅުއްވިކަމަށާއި ނަމަވެސް ޖަވާބެއް ނުދީ 3 އަހަރު ބާއްވާފައި މައްސަލަ މަޖިލީހުގެ ބޮލުން ނައްޓައިލީ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުالله ޙިލްމީ ވިދާޅުވެއްޖެއެވެ. 

ސަޢުދުﷲގެ ވާހަކަފުޅުގެ ބައެއް އުސްއަލިތައް: 

"އަޅުގަނޑު ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ ކުންފުނިތަކުގެ ދަރަނި ބޮޑުވަމުންދާތީވެ އަދި ދަރަނި ޚަރަދުތައް ކުރާ ގޮތް ކަމުނުދާތީވެ އަޅުގަނޑު ހުށަހެޅިން އިއްޒަތްތެރި މަޖިލީހަށް މިދިޔަ ދައުރުގައި އޮތް އިއްޒަތްތެރި މަޖިލީހަށް. އެހެންނަމަވެސް 2020 ވަނަ އަހަރު އަޅުގަނޑު ހުށަހެޅި މައްސަލަތައް އަޅުގަނޑަށް ޖަވާބު ލިބުނީ މި އަހަރުގެ އެޕްރީލް ހިސާބުގައި އިއްޒަތްތެރި ރައީސް އޭގައި އިންނަނީ އަޅުގަނޑު ހުށަހެޅި މައްސަލަތައް އެއީ ރަނގަޅު މައްސަލަތަކެކޭ! ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ކުރިއަށްގެންދާށޭ!".

"އިއްޒަތްތެރި ރައީސް؛ މިއީ ކޯއްޗެއްތޯ؟ މި ތިބަ ބައެއް ބޭފުޅުން މިދިޔަ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވައިގެން އެކަން ނުކުރައްވާ މިއަދު ކޮން ވާހަކައެއްތޯ މި ދައްކަވަނީ؟ ދައްކާކަށް ނުޖެހޭ ވާހަކަ- އަޅުގަނޑު މިއީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އެކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނައި މީހެއް. އެހެންނަމަވެސް މައްސަލައެއް ނުބެލުނޭ އިއްޒަތްތެރި ރައީސް ކޯއްޗެއްތޯ މި ކިޔުއްވަނީ؟ އާދެ! ދަރަނި ބޮޑުވާނެ އިނގޭތޯ ކުންފުނިތަކުން އިންތިހާއަށް ދަރަނި ބޮޑުވެގެންދިޔައީމަ."

"އިއްޒަތްތެރި ރައީސް؛ މިދިޔަ ދައުރުގައި ވެސް ކަމާ ބެހޭ ދުނިޔޭގެ ޖަމްޢިއްޔާތަކުން ދިޔައީ ރަތުގެ އިންޒާރުދެމުން. އެކަމަކު އަޅައެއްނުލާ. ޚަރަދުތައް ކުރަމުންދިޔައީ ބޮޑެތި ޚަރަދުތައް ކުރަމުން ދިޔައީ. އެހެންކަމުން މިއަދު މިހާހިސާބަށް އަންނަންޖެހުން. އިއްޒަތްތެރި ރައީސް؛ ކޮންމެ ގޮތެއް ވިޔަސް މި ބިލަކީ މިހިނދުން މިހިނދަށް ވެސް ފާސްކޮށް އަޅުގަނޑުމެން ތަންފީޒުކުރަންޖެހޭ ބިލެއް." 

"އާދެ! ދުނިޔޭގެ ޤައުމުތައް ބަނގުރޫޓުވުމުގެ އެންމެ ބޮޑު އަސާސަކީ އަޅުގަނޑު ކުރިން ދެންނެވި ފަދައިން ބަލައިނުލާ ނެގޭ ދަރަނީގެ ސަބަބުން. އާދެ! ދަރަންޏަކީ ވަރަށް ނުރައްކާތެރި ކަމެއް. ދަރަނި ނެގެން ވާނީ ދަރަނި ދެއްކޭ ވަރުގެ، ދެއްކޭ ވަރަށް، އަދި ދަރަނި ދެއްކޭނެ އުސޫލެއް ކަނޑައެޅިގެން!"

 

 

 

 

ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުالله ޙިލްމީ ވާހަކަދެއްކެވުން. 

 

ދައުލަތުގެ ދަރަންޏާ ބެހޭ ބިލު މި މަޖިލީހަށް މިއަދު ހުށަހަޅާފައިވާތީވެ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށާއި އަދި މި ދަރަނީގެ ބިލު ދަރަންޏާ ބެހޭ ބިލު ހުށަހެޅުއްވި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙަށް ޝުކުރުދަންނަވަން. އާދެ! އިއްޒަތްތެރި ރައީސް؛ މި ބިލަކީ ވަރަށް މުހިންމު ބިލެއް! މި ބިލަކީ ކޮންމެހެން ވެސް އަޅުގަނޑުމެންގެ ރާއްޖެއަށް ތައާރަފުކުރަންޖެހިފައި އޮތް ބިލެއް، ޤައުމުތައް މީގެ ކުރިން ވެސް ބަނގުރޫޓުވެފައި އޮތީ ދަރަނީގެ ސަބަބުން ދަރަނި ނެގި؛ މި ބިލުގައި އެބައޮތް ލޯނުނެގޭނެ ގޮތާއި ދަރަނި މެނޭޖުކުރާނެ ގޮތް ހިމަނުއްވާފަ. ސޮވްރިން ގެރެންޓީ ދޫކުރާނެ އުސޫލެއް ހިމަނުއްވާފަ.  ލޯކަލް ކައުންސިލުތަކާއި ދައުލަތުގެ ކުންފުނިތަކުން ދަރަނި ނެގޭނެ ގޮތް ބަޔާންކުރައްވާފަ. ދަރަނި މޮނިޓަރކުރުމާއި، އޮޑިޓްކުރުމާއި، ރިޕޯޓުކުރުން އެބައޮތް ހިމަނުއްވާފަ. ޖުމުލަ 44 މާއްދާ މީގައި ހިމެނިފައި އެބައޮތް. 

 

މިއީ އަޅުގަނޑު މި ދެންނެވިހެން ކޮންމެހެން ވެސް މުހިންމު ބިލެއް. ސަބަބަކަށް ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ދަރަނި ނެގުމުގައި އެއްގޮތަކަށް ވެސް ބަލައިލެވިފަ ނެތީތީވެ. އަޅުގަނޑުމެންގެ އާމްދަނީއަކީ ކިހާވަރެއްތޯ؟ ދަރަނި ނަގާ މި ދަރަނި ދެއްކޭނީ ކިހިނަކުންތޯ އެހާ ވަރަކަށް ބަލައިލެވިފަކާ ނެތުމުގެ ސަބަބުން މިހާހިސާބަށް މިއަދު އަޅުގަނޑުމެން އަންނަންޖެހުނީ.

 

 އާދެ! ދުނިޔޭގެ ޤައުމުތައް ބަނގުރޫޓުވުމުގެ އެންމެ ބޮޑު އަސާސަކީ އަޅުގަނޑު ކުރިން ދެންނެވި ފަދައިން ބަލައިނުލާ ނެގޭ ދަރަނީގެ ސަބަބުން. އާދެ! ދަރަންޏަކީ ވަރަށް ނުރައްކާތެރި ކަމެއް. ދަރަނި ނެގެން ވާނީ ދަރަނި ދެއްކޭ ވަރުގެ، ދެއްކޭ ވަރަށް، އަދި ދަރަނި ދެއްކޭނެ އުސޫލެއް ކަނޑައެޅިގެން! އެހެންކަމުން. މި ބިލު އެގޮތަށް ފަރުމާކުރެވިފައި މި އޮތީ! އާދެ! ވޭތުވެދިޔަ ދުވަސްތަކުގައި އަޅުގަނޑުމެންނަށް ފާހަގަކުރަންޖެހުނު ދަރަނީގެ ވާހަކަ ބަލާއިރު އަޅުގަނޑު ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ ކުންފުނިތަކުގެ ދަރަނި ބޮޑުވަމުންދާތީވެ އަދި ދަރަނި ޚަރަދުތައް ކުރާ ގޮތް ކަމުނުދާތީވެ އަޅުގަނޑު ހުށަހެޅިން އިއްޒަތްތެރި މަޖިލީހަށް މިދިޔަ ދައުރުގައި އޮތް އިއްޒަތްތެރި މަޖިލީހަށް. އެހެންނަމަވެސް 2020 ވަނަ އަހަރު އަޅުގަނޑު ހުށަހެޅި މައްސަލަތައް އަޅުގަނޑަށް ޖަވާބު ލިބުނީ މި އަހަރުގެ އެޕްރީލް ހިސާބުގައި އިއްޒަތްތެރި ރައީސް އޭގައި އިންނަނީ އަޅުގަނޑު ހުށަހެޅި މައްސަލަތައް އެއީ ރަނގަޅު މައްސަލަތަކެކޭ! ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ކުރިއަށްގެންދާށޭ!.

 

 އިއްޒަތްތެރި ރައީސް؛ މިއީ ކޯއްޗެއްތޯ؟ މި ތިބަ ބައެއް ބޭފުޅުން މިދިޔަ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވައިގެން އެކަން ނުކުރައްވާ މިއަދު ކޮން ވާހަކައެއްތޯ މި ދައްކަވަނީ؟ ދައްކާކަށް ނުޖެހޭ ވާހަކަ- އަޅުގަނޑު މިއީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އެކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނައި މީހެއް. އެހެންނަމަވެސް މައްސަލައެއް ނުބެލުނޭ އިއްޒަތްތެރި ރައީސް ކޯއްޗެއްތޯ މި ކިޔުއްވަނީ؟ އާދެ! ދަރަނި ބޮޑުވާނެ އިނގޭތޯ ކުންފުނިތަކުން އިންތިހާއަށް ދަރަނި ބޮޑުވެގެންދިޔައީމަ.

 

އިއްޒަތްތެރި ރައީސް؛ 2018 ވަނަ އަހަރުގައި ސަރުކާރު ނިމުނުއިރު ބައެއް ރަށްރަށުގައި ފެނަކައިގައި ތިބީ 5 މުވައްޒަފުން. އެހެންނަމަވެސް 2023ގައި ނޮވެންބަރު 17ގައި ސަރުކާރު ނިމުނުއިރު ތިބީ 60 މުވައްޒަފުންނަށް ބަދަލުވެފަ. ކޮން ސިޔާސީ މުވައްޒަފުންގެ ވާހަކައެއްތޯ މި ދައްކަވަނީ؟ މުވައްޒަފުންނާއި ސިޔާސީ ވިޔަސް ވާނީ ހަމަ އެއްވަރެއް އެއީ ހަމަ މުސާރަ ވާނީ ދައުލަތުން ދޭ ޚަރަދުގެ ގޮތުގައި އޮންނާނީ. އެހެންވީމާ އެއީ ކަމަކުދާ ގޮތެއް ނޫން. ބައެއް އާދައިގެ ރަށްތަކުގައި ފެނަކައިގެ ސްޓޭޝަން މެނޭޖަރުންގެ ގޮތުގައި ،5 6 މީހުން ލައިގެން ޚަރަދުކުރަމުންދިޔައީ. މިއީ އެންމެ މީހަކަށް މެނޭޖުކުރެވޭ ކަންތައްތައް. ބައެއް ރަށްރަށުގައި އާބާދީއާ އެއްވަރު އަދަދަކަށް މުވައްޒަފުން ލައިގެން ފެނަކަ ހިންގަމުންދިޔައީ. މިއީ ޙަޤީޤަތް އިއްޒަތްތެރި ރައީސް. މި ކަހަލަ ކަންތައްތައް ކުރާ ކަމަށް ވެއްޖެޔާމު އެ ދަރަނި ބޮޑުވެގެންދާނެ.  ޤައުމަށް ނުކުޅެދުންތެރިކަން އަންނާނެ. 

 

އިއްޒަތްތެރި ރައީސް؛ މިދިޔަ ދައުރުގައި ވެސް ކަމާ ބެހޭ ދުނިޔޭގެ ޖަމްޢިއްޔާތަކުން ދިޔައީ ރަތުގެ އިންޒާރުދެމުން. އެކަމަކު އަޅައެއްނުލާ. ޚަރަދުތައް ކުރަމުންދިޔައީ ބޮޑެތި ޚަރަދުތައް ކުރަމުން ދިޔައީ. އެހެންކަމުން މިއަދު މިހާހިސާބަށް އަންނަންޖެހުން. އިއްޒަތްތެރި ރައީސް؛ ކޮންމެ ގޮތެއް ވިޔަސް މި ބިލަކީ މިހިނދުން މިހިނދަށް ވެސް ފާސްކޮށް އަޅުގަނޑުމެން ތަންފީޒުކުރަންޖެހޭ ބިލެއް. 

 

އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މިކަމަށް ކަނޑައަޅުއްވާފައިވާ މި ބިލު ވީހާ އަވަހަކަށް އަޅުގަނޑުމެންގެ މަޖިލީހުން ފާސްކޮށްފައި ސަރުކާރާ ހިސާބަށް ފޮނުވުމަކީ އަޅުގަނޑު އެދޭ ވަރަށް ބޮޑު އެދުމެއް. އިއްޒަތްތެރި ރައީސް ؛ އަޅުގަނޑުމެންގެ ޤައުމު އަޅުގަނޑުމެން ޖެހޭ އެބަ ސަލާމަތްކުރަން. ވީހާ އަވަހަކަށް ފިޔަވަޅުތަކެއް އެޅެންޖެހޭ! ފިޔަވަޅުތަކެއް އަޅައިގެން އަޅުގަނޑުމެންގެ ޤައުމު ސަލާމަތްކުރެވޭނީ ޝުކުރިއްޔާ އިއްޒަތްތެރި ރައީސް ދެއްވި ފުރުޞަތަށް!

 

މިއަދު އޮންލައިން