އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއަ 83 ބިދޭސީން ފޮނުވާލަނީ!

މިއަދު
ކިޔުމަށް ހޭދަވާނީ 41ސ
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއަ 83 ބިދޭސީން ފޮނުވާލަނީ!

އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރި ރެއިޑްގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި 83 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ބިދޭސީންނަކީ މާލެ ސަރަހައްދުގައި މާރުކޭޓުގެ ގޮތުގައި ހިންގަމުންދިޔަ ހަތަރު ތަނެއް ބަލައި ފާސްކުރުމަށް ފަހުއެވެ. މީގެތެރޭގައި، ސައްޙަ ވިސާއެއް ނެތް ބިދޭސީންނާއި މަސައްކަތް ކުރުމަށް ހުއްދަ ހޯދާފައިވާ ތަން ނޫން އެހެން ތަނެއްގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނާއި ހުއްދަ ދޫކުރެވިފައިވާ މަސައްކަތުގެ ބޭރުން އަމިއްލައަށް ވިޔަފާރި ކުރާ ބިދޭސީން ހިމެނެއެވެ.

މިމީހުން ފުރުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިހާތަނަށް ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 1,800 ބިދޭސީން ފުރުވާލާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މިއަދު އޮންލައިން