ޙައްޖުވެރިންނަށް ޚާއްސަކޮށް 3 ފްލޫ ކްލިނިކް މާލޭ ސަރައްދުގައި ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
ޙައްޖުވެރިންނަށް ޚާއްސަކޮށް 3 ފްލޫ ކްލިނިކް މާލޭ ސަރައްދުގައި ހުޅުވައިފި

މިދުވަސްވަރު ޙައްޖުން އަންނަ މީހުންނަށް ޚާއްސަކޮށްގެން 3 ފްލޫ ކްލިނިކް މާލޭ ސަރައްދުގައި ހުޅުވައިފި އެވެ.

ޙައްޖުވެރިންނަށް ޚާއްސަ ފްލޫ ކްލިނިކްތައް ހުޅުވާފައިވަނީ މާލޭގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ހުޅުމާލެ އަދި ވިލިމާލޭގަ އެވެ. 

މިކަމާގުޅިގެން ހެލްތު މިނިސްޓްރީން ބުނީ ފްލޫ ކްލިނިކްތައް ގާއިމުކުރީ ހައްޖުވެރިން އަނބުރާ ރާއްޖެ އައުމާ ގުޅިގެން އެމީހުންނަށް ހާއްސަކޮށް އަދި މި ދުވަސްވަރު ވައިރަލް ރޯގާ ފެތުރެމުން ދިޔުމުގެ ސަބަބުން އާންމު ސިއްހަތުގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުމުގެ ގޮތުން ކަމަށެވެ.

ޙައްޖުން އަންނަ ފަރާތްތަކުގެ ކިބައިން ހުމާއި ރޯގާގެ ޢަލާމާތްތަކެއް ފެންނަނަމަ އެކަމަށް ޚާއްސަކޮށްފައިވާ މި ކްލިނިކްތަކުން ޚިދުމަތް ހޯދުމަށް ހެލްތު މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

 

މިއަދު އޮންލައިން