ޝަމްނާޒާ އިތުރު ދެމީހަކު ބައިވެރިވެގެން ސިޙުރުހެދިކަމުގެ މައްސަލަ ފުލުހުންނަށް ހުށަހެޅުއްވީ ރައީސް ނޫނީ އެމަނިކުފާނުގެ ޢާއިލާޢަކުން ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ޝަމްނާޒާ އިތުރު ދެމީހަކު ބައިވެރިވެގެން ސިޙުރުހެދިކަމުގެ މައްސަލަ ފުލުހުންނަށް ހުށަހެޅުއްވީ ރައީސް ނޫނީ އެމަނިކުފާނުގެ ޢާއިލާޢަކުން ނޫން!

ހ.މެލްބަން، ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމް އާއި އިތުރު 2 މީހަކު ބައިވެރިވެގެން ސިހުރު ހަދާކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ތަޙްޤީޤްކުރާ މައްސަލަ ތަޙްޤީޤްކުރަނީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ޢާއިލާއިން މިފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކާއިމެދު ފުލުހުންގެ އިދާރާއަށް ހުށަހަޅުއްވާފައިވާތީ ނޫންކަމަށް ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. 

ހީނާ ވަލީދު ޢާންމުކުރެއްވި ބަސްފުޅު! 

ހ.މެލްބަން، ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމް އާއި އިތުރު 2 މީހަކު ބައިވެރިވެގެން ސިހުރު ހަދާކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ތަޙްޤީޤްކުރާ މައްސަލައާއި ގުޅިގެން ދަންނަވަމެވެ. 

ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ޢާއިލާއިން މިފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކާއިމެދު ފުލުހުންގެ އިދާރާއަށް ހުށަހަޅާފައެއް ނުވެއެވެ. 

އަދި މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ޢާއިލާއަށް ނިސްބަތްކޮށް މީޑިއާގައި ފަތުރަމުން ދަނީ ހަގީގަތާ ޚިލާފު ދޮގު ޚަބަރުތަކެކެވެ.

 

މިއަދު އޮންލައިން