ކުޑަކުދިންނަށް އުނގެނުމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް ބޭނުންވާ މަޢުލޫމާތު ބަދަލުކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ކުޑަކުދިންނަށް އުނގެނުމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް ބޭނުންވާ މަޢުލޫމާތު ބަދަލުކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

ކުޑަކުދިންނަށް އުނގެނުމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް ބޭނުންވާ މަޢުލޫމާތު ބަދަލުކުރުމާ ގުޅޭގޮތުން، ތަޢުލީމީ ވުޒާރާއާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ތަޢުލީމީ ވުޒާގާއި ބޭއްވި ރަސްމިއްޔާތެއްގައި، އެ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ޢަލީއެވެ.

މި އެއްބަސްވުމުގެ މަޤްޞަދަކީ، ތަޢުލީމުގެ ޤާނޫނުގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކުޑަކުއްޖެއްގެ ޢުމުރުން 4 އަހަރު ފުރުނީއްސުރެ، ޢުމުރުން 18 އަހަރު ފުރެންދެން ނުވަތަ ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 ނިމެންދެން ތަޢުލީމު ލިބުމުގެ ޙައްޤު ކަށަވަރު ކޮށްދިނުންކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.

މި އެއްބަސްވުމުގެ ދަށުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ބޭނުންވާ މަޢުލޫމާތު ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި އަދި އެ އިންތިޒާމްތައް ހަމަޖެއްސުމުގައި ދެ އިދާރާގެ ޒިންމާތައް ވަނީ ކަނޑައަޅާފައެވެ.

 

 

 

 

ހަބަރު: https://sarukaaru.gov.mv/

މިއަދު އޮންލައިން