ޤައުމުގެ މާލީ ޙާލަތު ރަނގަޅުކުރަން ރައީސް ޑރ. މުޢިއްޒު އަޅުއްވަމުން ގެންދަވަނީ ހަރުދަނާ ފިޔަވަޅުތަކެއް!: ޤާސިމް

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ޤައުމުގެ މާލީ ޙާލަތު ރަނގަޅުކުރަން ރައީސް ޑރ. މުޢިއްޒު އަޅުއްވަމުން ގެންދަވަނީ ހަރުދަނާ ފިޔަވަޅުތަކެއް!: ޤާސިމް

ޤައުމުގެ މާލީ ޙާލަތު ރަނގަޅުކުރަން ރައީސް ޑރ. މުޢިއްޒު އަޅުއްވަމުން ގެންދަވަނީ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށް މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކުންގެ ޢަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުންދާތީ އެކަމާ ގުޅޭގޮތުން މެންބަރުން ދެކެވަޑައިގަންނަވާ ގޮތް ބެލުމަށް މަޖިލީހަށް ހުށައަޅުއްވާފައިވާ ޤަރާރަށް ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ ޤައުމު މިވަގުތު އޮތް މާލީ ދަތިތަކުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އެގޮތުން ދައުލަތުން ސަބްސިޑީ ދީގެން ގެއްލުމުގައި ހިންގާ ކުންފުނިތައް އުވާލަންޖެހޭކަމަށް ޤާސިމް ވިދާޅުވިއެވެ.

އަދި ދައުލަތާއި ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ޚަރަދު ކުޑަކޮށް، އަމިއްލަ ވިޔަފާރިތައް ނުވަތަ ޕްރައިވެޓް ސެކްޓަރގެ ދައުރު ފުޅާކުރަންޖެހޭކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުންނެވީ ރާއްޖޭގެ މާލީ ޙާލަތު ރަނގަޅުކުރުމުގެ ރޫޙުގައިކަމަށެވެ. އަދި ޤާސިމް ވަނީ ރައީސް މުޢިއްޒަށް ޝުކުރުއަދާކުރައްވައި އަދި ޚަރަދު ކުޑަ ކުރަން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތައްވެސް ތާޢީދުކުރައްވާފައެވެ.

މިއަދު އޮންލައިން