މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ޚަލާސްކޮށްފައި ވާކަމަށް ސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިކަމާގުޅިގެން މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، 53 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާކަމަށާއި މަސްވެރިން ކިރުވާ މަހަށް މީގެފަހުން 2 ހަފްތާގެ ތެރޭގައި ފައިސާ ދެމުންދާނެކަމަށެވެ.
ސަރުކާރުން މީގެކުރިންވެސް ވަނީ އެ ފައިސާ 1 ޖުލައިން ފެށިގެން ޖަމާކުރަމުންދާނެކަމުގެ ޔަޤީންކަން މަސްވެރިންނަށް ދީފައެވެ.
މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން މިހާތަނަށް މަސްވެރިންނަށް 1 ބިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައިވާކަމަށެވެ.