ޑރ. މޫސާ ޙުސައިން - ރާއްޖޭގެ ފުރަތަމަ ކްރިޓިކަލް ކެއަރ ސްޕެޝަލިސްޓް, ޚިދުމަތަށް ނިކުންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 42ސ
ޑރ. މޫސާ ޙުސައިން - ރާއްޖޭގެ ފުރަތަމަ ކްރިޓިކަލް ކެއަރ ސްޕެޝަލިސްޓް, ޚިދުމަތަށް ނިކުންނަވައިފި

ކުއްލި ހާލަތުގައި ދެވޭ ފަރުވާ (ކްރިޓިކަލް ކެއަރ) ގެ ދާއިރާއިން ޚާއްސަވި ދިވެހި ފުރަތަމަ ޑޮކްޓަރު ޑރ. މޫސާ ޙުސައިން އަލުން ޚިދުމަތާ ގުޅިވަޑައިގެންފިއެވެ.

ކުއްލި ހާލަތުގައި ދެވޭ ފަރުވާތަކަށް ޚާއްސަވުމަށް ޑރ. މޫސާ ޙުސައިން އައިޖީއެމްއެޗްގެ ސްކޮލަޝިޕެއްގައި އިންޑިއާއަށް ވަޑައިގަތީ 2022 ވަނަ އަހަރުގެ ޖޫން މަހުގައެވެ. އަދި ކޯސް ނިންމުމަށްފަހު ޚިދުމަތާ އަލުން ގުޅިވަޑައިގަތީ މިދިޔަ ހޯމަ ދުވަހުއެވެ.

މިވަގުތު އެންމެ އިސްކަމެއްދެއްވައިގެން މަސައްކަތް ކުރައްވަނީ، ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ އައިސީޔޫގައި ކްރިޓިކަލް ކެއާ ސެޓަޕެއް ހަދައި ކުއްލި ހާލަތްތަކުގައި ފޯރުކޮށްދޭންޖެހޭ ފަރުވާ ދިނުމަށްކަމަށް ކަމަށް ޑރ. މޫސާ ޙުސައިން ވިދާޅުވިއެވެ.

ޑރ. މޫސައަކީ ކުރިން ފުއްޕާމޭގެ ބަލިމީހުންނަށް ފަރުވަދިނުމަށް ޚާއްސަ ޑޮކްޓަރެކެވެ.

މިއަދު އޮންލައިން