ދައުލަތުގެ މީޑިއާއިން ފަލަސްޠީނަށް އެހީވުމަށް ކުރިއަށްގެންދިޔަ ޓެލެތޯނަށް ލިބުނު ފައިސާ ފަލަސްޠީންގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކާ ޚާރިޖީ ވުޒާރާއާ ހަވާލުކޮށްފިއެވެ.
މިޓެލެތޯނުން ލިބުނު 19،186،851.5 ރުފިޔާގެ ފައިސާގެ ރަމްޒީ ޗެކް ޚާރިޖީ ވުޒާރާއާ ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި ބޭއްވި ބައްދަލުވުމެއްގައެވެ.
ޕީއެސްއެމްގެ ފަރާތުން މިރަމްޒީ ޗެކް ހަވާލުކޮށްދެއްވީ މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރުއެވެ. ޗެކާ ހަވާލުވެވަޑައިގެންނެވީ ޚާރިޖީ ވަޒީރު މޫސާ ޒަމީރެވެ.
މި ޓެލެތޯނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ދައުލަތުގެ މީޑިއާއިން ކުރިއަށްގެންދިޔަ ޓެލެތޯނެކެވެ.