ސައިންލެންގުއޭޖު ދަސްކޮށްދިނުމަށް ހާއްސަކޮށް ކޯސްތަކެއް ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
ސައިންލެންގުއޭޖު ދަސްކޮށްދިނުމަށް ހާއްސަކޮށް ކޯސްތަކެއް ފަށަނީ

ސައިންލެންގުއޭޖު ދަސްކޮށްދިނުމަށް ހާއްސަކޮށް ކޯސްތަކެއް ފަށަން އިޖުތިމާއީ އަދި އާއިލީ ތަރައްގީ އާއި ބެހޭ ވުޒާރާއިން ތައްޔަރުވެއްޖެއެވެ.

މިކަމާގުޅިގެން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޢައިޝަތު ޝިހާމް ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގައި ވާހަކަދައްކަމުން ވިދާޅުވީ ރާއްޖޭގައި ސައިންލެންގުއޭޖު ދަސްވެފައިވާ މީހުން ވަރަށް މަދުކަމަށެވެ. އެހެންކަމުން ސައިންލެންގުއޭޖު ދަސްކޮށް ދިނުމަށް ހާއްސަކޮށް ކޯސްތަކެއް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

ވަޒީރު ޝިހާމް ވިދާޅުވީ ކޯސްތައް ކުރިއަށްގެންދާނީ އޮންލައިންކޮށް ކޮންމެ މީހަކަށްވެސް ކޯހަށް އެކްސެސްވެވޭ ގޮތަށް ކަމަށާއި އޭރުން މިކޯސް ކޮންމެ މީހަކަށްވެސް ފުރިހަމަކުރެވޭނެ ކަމަށެވެ.

މިފަދަ ކޯހެއްގެ ސަބަބުން އޮފީހާއި ގެއާއި ސްކޫލްތަކުގައި އުޅޭ ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ މުޢަމަލާތުކުރަން ދަސްކުރަން ފަސޭހަވާނެ ކަމަށް ވެސް ވަޒީރު ޝިހާމް ވިދާޅުވިއެވެ.

މިއަދު އޮންލައިން