ހުޅުމާލޭ މާރުކޭޓުން ގޮޅި ކުއްޔަށް ހިފުމުގެ ބީލަން ހައުންސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އެޗް.ޑީ.ސީ) އިން ހުޅުވާލައިފިއެވެ.
މިކަމާގުޅިގެން އެޗް.ޑީ.ސީން ބުނެފައިވަނީ ގޮޅި ކުއްޔަށް ދޫކުރެވޭނެ ފަރާތެއް ކަނޑައަޅާނީ ބީލަން ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގު ހުށައަޅާ ފަރާތަކަށް ކަމަށާއި ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.
ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 15 ވަހުކަމަށާއި ގޮޅި އިޚްތިޔާރުކުރުން އޮންނާނީ 18 ޖުލައިގައި ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
އެޗް.ޑީ.ސީން މިފަހަރު ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވަނީ 73.33 އަކަފޫޓުގެ 5 ގޮޅި އެވެ.