އިސްލާމިކް ބޭންކުން ސެލްފް ސަރވިސް ކިއޮސްކްގެ ޚިދުމަތް ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
އިސްލާމިކް ބޭންކުން ސެލްފް ސަރވިސް ކިއޮސްކްގެ ޚިދުމަތް ފަށައިފި

އިސްލާމިކް ބޭންކުން ސެލްފް ސަރވިސް ކިއޮސްކްގެ ޚިދުމަތް ފަށައިފިއެވެ.

މިކަމާގުޅިގެން އެމްއައިބީން ބުނެފައިވަނީ މިއީ އެ ބޭންކުން ކަސްޓަމަރުންނަށް ދޭ ޚިދުމަތް ލިބިގަތުމަށް އިތުރު އައު ގޮތެއް ތަޢާރަފްކޮށް، ޚިދުމަތް ހޯދުމަށް ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމަށް ތަޢާރަފްކުރި ޚިދުމަތެއްކަމަށެވެ.

މި ޚިދުމަތް ލިބިގަތުމަށް އެހީތެރިވުމަށް އެބޭންކުގެ މުވައްޒަފުން ތިބޭނެކަމަށާއި މާލެ އަދި ހުޅުމާލެ ސެންޓަރުތަކުގައި ކިއޮސްކު މިވަގުތު ހުރި ނަމަވެސް ވަރަށް އަވަހަށް އަތޮޅުތެރެއަށް މި ޚިދުމަތް ފުޅާކުރާނެކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. 

މިއީ މި ޚިދުމަތް ދޭ ރާއްޖޭގެ ހަމައެކަނި ބޭންކެވެ. 

 

މިއަދު އޮންލައިން