ހުކުރު ދުވަހު ހެނދުނު 6 ން ބައިގަޑިއިރަށް ހުޅުމާލޭގޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެވެސް ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ! ސްޓެލްކޯ

އަހުމަދު
ކިޔުމަށް ހޭދަވާނީ 38ސ
ހުކުރު ދުވަހު ހެނދުނު 6 ން ބައިގަޑިއިރަށް ހުޅުމާލޭގޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެވެސް ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ! ސްޓެލްކޯ

މާދަމާ (5 ޖުލަިވާ ހުކުރު ދުވަހުގެ) ހެނދުނު 6:00 އިން 6:30 އަށް ސްޓެލްކޯގެ ހައިވޯލްޓޭޖް ގްރިޑް ނެޓްވޯކްގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިކަމަށާއި މި މަސައްކަތް ކުރިއަށްދާއިރު ހުޅުމާލޭގޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެވެސް ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް ސްޓެލްކޯއިން ބުނެފިއެވެ. 

ކަރަންޓުގެ ‏‏ހިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން މާފަށް އެދެއެވެ. 

ކަރަންޓް ވިޔުގަ ވަރުގަދަކޮށް ކަތަންޓުގެ ޚިދުމަތް ވީހާ ރަނގަޅު ފެންވަރުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

 

މިއަދު އޮންލައިން