ބިދޭސީން ވިޔަފާރިކުރުން މަނާ 25 ދާއިރާއެއް އާއްމު ކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 56ސ
ބިދޭސީން ވިޔަފާރިކުރުން މަނާ 25 ދާއިރާއެއް އާއްމު ކޮށްފި

ބިދޭސީން ވިޔަފާރިކުރުން މަނާ 25 ދާއިރާއެއް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އާއްމު ކުރައްވައިފިއެވެ.

ބިދޭސީން ރާއްޖޭގައި ވިޔަފާރިކުރުން މަނާ ކޮށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އާއްމު ކޮށްފައިވާ 25 ދާއިރާގައި ހިމެނެނީ:

- ރީޓެއިލް ޓްރޭޑް (އޮންލައިން ވިޔަފާރިވެސް ހިމެނޭގޮތަށް)
- ހޯލްސޭލް ޓްރޭޑް - އިމާރާތްކުރުމަށް ބޭނުންވާ މުދާފިޔަައި
- ޑޮމެސްޓިކް ލޮޖިސްޓިކްސްގެ މަސައްކަތް
- ޕޯސްޓަލް އަދި ކުރިއަރ ސަރވިސަސް
- ކާބޯތަކެތި ވިއްކުމުގެ ޚިދުމަތް (ކެފޭ، ރެސްޓޯރެންޓް އަދި ބޭކަރީ ހިންގުން)
- ތަކެތި ކުއްޔަށް ދިނުމުގެ ވިޔަފާރިތައް (އިމާރާތް ކުރުމަށް ބޭނުންކުރާ ބޮޑެތި މެޝިނަރީ ފަދަ ތަކެތި ހިމެނޭ ގޮތަށް)
- އެމްޕްލޯއިމަންޓް އޭޖެންސީ އަދި ވަޒީފާތަކަށް މީހުން ހޯދުމުގެ ޚިދުމަތް
- ޓްރެވަލް އޭޖެންސީ، ޓުއަރ އޮޕަރޭޓަރސް، ރިޒަވޭޝަން އަދި މިކަމާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް
- ލޭންޑްސްކޭޕިން މަސައްކަތް
- ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ޤައުމުގެ ދިފާއީ ބާރުތަކާއި ގުޅުންހުރި މަސައްކަތްތައް
- ޖެނެރަލް ޓިއުޝަން ކްލާސް އަދި ޤުރުއާން ކްލާސް ހިންގުން
- ޖެނެރަލް ކްލނިކް ހިންގުމުގެ މަސައްކަތް
- ކޮމްޕިއުޓަރު، އާންމު މުދާ އަދި ގޭތެރޭގައި ބޭނުންކުރާ މުދާ މަރާމާތު ކުރުމުގެ މަސައްކަތް
- ޕްރޮގްރާމިން އަދި ބްރޯޑްކާސްޓިން މަސައްކަތް
- ޤާނޫނީ ވަކީލުންގެ ޚިދުމަތް
- ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީގެ މަސައްކަތް
- ޕިކްނިކް އައިލެންންޑް ތަރައްޤީކުރުމާއި ހިންގުން
- ވިޔަފާރި އުސޫލުން އެއްގަމު އުޅަނދު ދުއްވުން
- ސުވެނިއަރ އަދި އަތްތެރި މަސައްކަތުން ތަކެތި އުފައްދައި ވިއްކުން
- ރަބަރު އަދި ޕްލާސްޓިކް ތަކެތި އުފެއްދުން
- ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ތަކެތި އުފެއްދުމާއި ވިއްކުން
- ލަކުޑިން ތަކެތި އުފެއްދުން ( ފަރުނީޗަރު ފިޔަވައި)
- މައިނިންގ އެންޑް ކޮރީންގްގެ މަސައްކަތް
- މައިނިންގ އޮފް ސޭންޑް
- ފޮރެސްޓްރީ

މީގެތެރެއިން ގިނަ ވިޔަފާރިތައް ބިދޭސީން އަންނަނީ ރާއްޖޭގައި ހިންގަމުންނެވެ. 

މިއަދު އޮންލައިން