ސަރުކާރަށް ދިގު މުއްދަތެއްވަންދެން ޚިދުމަތްކުރައްވާފައިވާ މުޙައްމަދުފުޅު އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 38ސ
ސަރުކާރަށް ދިގު މުއްދަތެއްވަންދެން ޚިދުމަތްކުރައްވާފައިވާ މުޙައްމަދުފުޅު އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ސަރުކާރަށް ދިގު މުއްދަތެއްވަންދެން ޚިދުމަތްކުރައްވާފައިވާ މުޙައްމަދުފުޅު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު  ތައުޒިޔާ ވިދާޅުވެއްޖެއެވެ.

މިކަމާގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަލްމަރުޙޫމް މުޙައްމަދުފުޅަކީ، 43 އަހަރަަށްވުރެ ދިގު މުއްދަތަކަށް ސަރުކާރަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅެއްކަމަށާޢި ސަރުކާރުގެ ޚިދުމަތުން ރިޓަޔަރކުރެއްވިއިރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކިއުރިޓީ އޮފިސަރެއްގެ މަޤާމުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މުޙައްމަދުފުޅު ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެ، އެ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެ، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާކުރައްވާފައެވެ.

މިއަދު އޮންލައިން