ސަރުކާރުގެ އޮފީސްތަކުން ކުރާ ދަތުރުތަކަށް އެންމެ އަގުހެޔޮކޮށް ޓިކެޓު ލިބެންހުރި އެއަރލައިނަކުން ޓިކެޓު ގަތުމަށް އަންގައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 52ސ
ސަރުކާރުގެ އޮފީސްތަކުން ކުރާ ދަތުރުތަކަށް އެންމެ އަގުހެޔޮކޮށް ޓިކެޓު ލިބެންހުރި އެއަރލައިނަކުން ޓިކެޓު ގަތުމަށް އަންގައިފި

ސަރުކާރުގެ އޮފީސްތަކުން ކުރާ ދަތުރުތަކަށް އެންމެ އަގުހެޔޮކޮށް ޓިކެޓު ލިބެންހުރި އެއަރލައިނަކުން ޓިކެޓު ގަތުމަށް މާލީ ވުޒާރާއިން އަންގައިފިއެވެ.

މިކަމާގުޅިގެން މާލީ ވުޒާރާއިން ނެރެފައިވާ ސަރކިއުލަރއެއްގައި ބުނެފައިވަނީ މޯލްޑިވިއަންއިން ދަތުރުކުރާ މަންޒިލްތައް ފިޔަވައި އެހެނިހެން މަންޒިލްތަކަށް ސަރުކާރުގެ އޮފީސްތަކުން ވައިގެ މަގުން ކުރާ ދަތުރުތަކަށް ސީދާ އެ އެއަރލައިންތަކުން އަގުތައް ބެލުމަށްފަހު، އެންމެ އަގުހެޔޮކޮށް ޓިކެޓު ލިބެން ހުރި އެއަރލައިނަކުން، ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތަކަށް ޓިކެޓް ހޯދުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ޖުލައި 5 އިން ފެށިގެން ސަރުކާރުގެ ހުރިހާ އިދާރާއަކުން މި ސަރކިއުލަރއަށް އަމަލުކުރުމަށްވެސް މާލީ ވުޒާރާއިން ވަނީ އަންގަވާފައެވެ.

1 ޖަނަވަރީ 2016 ވަނަ އަހަރު ނެރެފައިވާ ސަރކިއުލަރއެއްގައި ބަޔާންކޮށްފައި ވަނީ ވައިގެ މަގުން ރާއްޖެއާއި ރާއްޖޭން ބޭރުގެ ހުރިހާ މަންޒިލަކަށް ސަރުކާރުން ކުރާ ދަތުރުތައް، ކުރަން ޖެހޭނީ އައިލެންޑް އޭވިއޭޝަންގެ ޓްރެވަލް ޑިވިޜަންކަމުގައިވާ މޯލްޑިއަން ހޮލިޑޭސްއިންކަމަށެވެ. ނަމަވެސް މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން މި އުސޫލު ވަނީ އުވާލާފައެވެ.

މިއަދު އޮންލައިން