ސަބްސިޑީ އޭގެ ހައްޤުވެރިންނަށް އެކަނި ލިބޭނެ ނިޒާމެއް ޤާއިމްކުރަން މަސައްކަތްކުރަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ސަބްސިޑީ އޭގެ ހައްޤުވެރިންނަށް އެކަނި ލިބޭނެ ނިޒާމެއް ޤާއިމްކުރަން މަސައްކަތްކުރަނީ

ސަބްސިޑީ އޭގެ ހައްޤުވެރިންނަށް އެކަނި ލިބޭނެ ނިޒާމެއް ޤާއިމްކުރަން މަސައްކަތްތައް ކުރަމުންދާކަމަށް މާލީ ވަޒީރުގެ ނައިބު އަޙްމަދު ސާއިދު މުޞްތަފާ ވިދާޅުވެއްޖެއެވެ.

މިކަމާގުޅިގެން ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން މާލީ ވަޒީރުގެ ނައިބް އަޙްމަދު ސާއިދު މުޞްތަފާ ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ސަބްސިޑީ ރިފޯމްކުރުމަށް އިސްލާހުތައް ގެންނަން ނިންމާފައިވީ ނަމަވެސް، މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު، އެ ބަދަލު ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ހުރީ ފުރިހަމަނުކޮށް ކަމަށެވެ.

"ކޮންސެޕްޗުއަލް ލެވަލްއެއްގައި މި ފްރޭމްވޯކް ބަޖެޓު ފާސްކުރުމަށްޓަކައި ދިޔައިރު، ތައްޔާރުކުރެވިފައި އޮތަސް، އެއީ ބްލޭންކެޓް ސަބްސިޑީއެއް ޓާގްޓުކޮށްގެން ކުރިއަށްދާނެ ކަމަށް އަންދާޒާކޮށްފައި އޮތް ނަމަވެސް، އަދުގެ ޒައާމަތް ސަރުކާރާއި ހަވާލުވީ އިރުގައި، އޭގެ ޓެކްނިކަލް މަސައްކަތާއި އެކްޝަން ޕްލޭނާއި ކަންކަން ހުރީ އެއްކޮށް ފުރިހަމަ ނުކުރެވި،" ސާއިދު ވިދާޅުވިއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރަށް ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ 2.8 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. އަދި އަހަރުގެ މިހާތަނަށް ސަބްސިޑީއަށް ވަނީ 1.7 ބިލިޔަން ރުފިޔާ ހޭދަވެފައެވެ.

މިއަދު އޮންލައިން