ބިދޭސީން އެތެރެކުރާ އޭޖެންސީތައް ރޭންކްކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
ބިދޭސީން އެތެރެކުރާ އޭޖެންސީތައް ރޭންކްކުރަނީ

ބިދޭސީން އެތެރެކުރާ އޭޖެންސީތައް ރޭންކްކުރުމުގެ އިންތިޒާމު ހަމަޖައްސަމުންދާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިކަމާގުޅިގެން ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރުގެ ނައިބު އަޝްރަފް މުޙައްމަދު ޢަލީ ވިދާޅުވީ ބިދޭސީންގެ މައްސަލަ ޙައްލުކުރެވޭނީ މިކަމުގައި ހުރި ހުރިހައި މައްސަލަތަކަކަށް އެއްފަހަރާ ހައްލެއް ގެނެސްގެންކަމަށާއި އެގޮތުން ރާއްޖެއަށް އަންނަ ބިދޭސީންގެ ކަންކަން ރަނގަޅުކުރުމަށް އެމީހުން އެތެރެކުރާ އޭޖެންސީތައް ހަރުދަނާކުރުމަކީވެސް މުހިންމުކަމެއްކަމަށެވެ.

މިއާއެކު ބިދޭސީން އެތެރެކުރުމަށް އެންމެ ރަނގަޅު ޓިއަރ ރޭންކްގައި ހުންނަ އޭޖެންސީތައް މެދުވެރިކޮށް މީހުން އެތެރެކުރުމުގެ މަސައްކަތް ކުރުމުން އިތުބާރާއެކު އުސޫލުގެ ތެރެއިން މީހުން އެތެރެކުރުމުގެ ފުރުސަތު އޮންނާނެކަން އޭނާ ވިދާޅުވިއެވެ.

"މިހެން ހެދުމުން ކޮންމެ އޭޖެންސީއަކުންވެސް މަސައްކަތްކުރާނެ އެންމެ މަތީ ޓިއަރގައި އޮތުމަށް. އޭގެ ސަބަބުން އެބަ އިނގޭ ޢާއްމުންވެސް އަދި ވިޔަފާރިތަކަށްވެސް ކޮންބައެއްކަން މި ޚިދުމަތް އެންމެ ރަނގަޅުގޮތުގައި ދެނީ." އަޝްރަފް ވިދާޅުވިއެވެ.

މިއަދު އޮންލައިން