ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި މި ރާއްޖެ ނުދަރާނެކަމަށާއި، ރާއްޖެ ދާނީ އިޤްތިޞާދީގޮތުން ކުރިއަށްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސަޢީދު ވިދާޅުވީ ރައީސް ޑރ.މުޢިއްޒުގެ ޒަޢާމަތުގައި މި ރާއްޖެ ނުދަރާނެކަމަށާއި، ރާއްޖެ ދާނީ އިޤްތިޞާދީގޮތުން ކުރިއަށްކަމަށެވެ. އަދި ބޮލަކަށްޖެހޭ އާމްދަނީވެސް ދާނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންކަމަށާއި، ވަޢުދުތައްވެސް ދާނީ ފުއްދަމުންކަމަށެވެ.
"ދެން މި ރާއްޖެއަކުން ސަސްޓެއިން ނުކުރެވޭ ދަރަންޏެއް ނުއުފައްދާނަން. ދެން އުފައްދާނީ އިންކަމްއާއި ގުޅޭ ދަރަނި. އޭރުން ވިޔަފާރިތައް އިތުރުވެ ވަންނަ އާމްދަނީ އިތުވެ، އިޤްތިޞާދީ ބުރަ ކުޑަވާނެ." އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
މީގެއިތުރުން ސައީދު ވިދާޅުވީ ދެން މި ރާއްޖޭން ސަސްޓެއިން ނުކުރެވޭ ދަރަންޏެއް ނުއުފައްދާނެ ކަމަށާއި ދެން އުފައްދާނީ އިންކަމްއާއި ގުޅޭ ދަރަނި ކަމަށެވެ. އޭރުން ވިޔަފާރިތައް އިތުރުވެ ވަންނަ އާމްދަނީ އިތުވެ، އިޤްތިޞާދީ ބުރަ ކުޑަވާނެ ކަމަށެވެ.
ސަޢީދު ވިދާޅުވީ، ރާއްޖޭގެ މިޙާލަތަށް ވައްޓާލީ ނިމުނު ސަރުކާރުގައި ޒިންމާދާރުކަމެއްނެތި ކޮށްފައިވާ ކަންކަމުގެ ސަބަބުންކަމަށެވެ.