ސަލާމަތާއި ވިޔަފާރިއާއި އިޤްތިޞާދު، އަދި މަތީ ތަޢުލީމިގެ ދާއިރާއިން އިތުރަށް ގުޅުންބަދަހިކުރުމަށް ތުރުކީވިލާތާއެކު މަޝްވަރާކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ސަލާމަތާއި ވިޔަފާރިއާއި އިޤްތިޞާދު، އަދި މަތީ ތަޢުލީމިގެ ދާއިރާއިން އިތުރަށް ގުޅުންބަދަހިކުރުމަށް ތުރުކީވިލާތާއެކު މަޝްވަރާކުރައްވައިފި

ސަލާމަތީ ކަންކަމާ ގުޅޭދާއިރާއާއި ވިޔަފާރިއާ އިޤްތިޞާދު،އަދި މަތީ ތަޢުލީމިގެ ދާއިރާއިން އިތުރަށް ގުޅުންބަދަހިކުރުމަށް ރާއްޖެ އާއި ތުރުކީ އިން މަޝްވަރާކޮށްފިއެވެ.

މިމަޝްވަރާކުރުން އޮތީ ތުރުކީވިލާތުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލެންސީ ސެމީ ލުޓްފު ޓުރްގުޓް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އެރުވުމަށްފަހު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ސަލާމަތީ ކަންކަމާ ގުޅޭދާއިރާއާއި ވިޔަފާރިއާ އިޤްތިޞާދު،އަދި މަތީ ތަޢުލީމިގެ ދާއިރާއިން އިތުރަށް ގުޅުންބަދަހިކުރެއްވުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ބޭރު ޤައުމަކަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅަކީ ނިމިދިޔަ އަހަރުގެ ނޮވެންބަރުމަހު ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅުކަން ފާހަގަކުރައްވައި އެދަތުރުފުޅަށްފަހު، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ތުރުކީވިލާތުގެ ސަރުކާރުން ލިބެމުން އަންނަ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންއާ އެޤައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ތުރުކީވިލާތާ ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 28 މެއި 1979ގައެވެ. ތުރުކީ ވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވި އައު ސަފީރު ކަނޑައަޅުއްވާފައި ވަނީ ނަން ރެސިޑެންޓް ސަފީރެއްގެ ގޮތުގައެވެ. ތުރުކީވިލާތުގެ ސަފީރު ހުންނެވުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގެ ކޮލަމްބޯގައެވެ.

 

މިއަދު އޮންލައިން