ދެ މާރުކޭޓަކުން ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ 6 ބިދޭސީއަކު ހައްޔަރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 31ސ
ދެ މާރުކޭޓަކުން ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ 6 ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭގެ ދެ މާރުކޭޓަކުން ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ 6 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މިކަމާގުޅިގެން އިމިގްރޭޝަނުން ބުނެފައިވަނީ ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގަމުންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން ރޭ މާލެ ސަރަހައްދުގެ ދެ މާރުކޭޓެއް ބަލައި ފާސްކުރިކަމަށާއި އެ އޮޕަރޭޝަންގެ ތެރެއިން 6 ބިދޭސީއަކު  ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކުރި މީހުންގެތެރޭގައި ހިމެނެނީ 4 ފިރިހެނުންނާއި 2 އަންހެނުންނެވެ. އަދި މިއޮޕަރޭޝަންތައް ކުރިއަށް އޮތްތަނުގައި ވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.

 

މިއަދު އޮންލައިން