މިދުވަސްވަރު ޑޮލަރުގެ އެހާބޮޑު ޑިމާންޑެއް އޮތީ ޖެނުއަރީ އަދި ޖުލައި މަހަކީ އައު ކޯސްތައް ފެށޭ ދުވަސްރަކަށްވާތީ: މާލީ ވުޒާރާ

އަހުމަދު
ކިޔުމަށް ހޭދަވާނީ 44ސ
މިދުވަސްވަރު ޑޮލަރުގެ އެހާބޮޑު ޑިމާންޑެއް އޮތީ ޖެނުއަރީ އަދި ޖުލައި މަހަކީ އައު ކޯސްތައް ފެށޭ ދުވަސްރަކަށްވާތީ: މާލީ ވުޒާރާ

މިދުވަސްވަރު ޑޮލަރުގެ އެހާބޮޑު ޑިމާންޑެއް އޮތީ ޖެނުއަރީ އަދި ޖުލައި މަހަކީ އައު ކޯސްތައް ފެށޭ ދުވަސްރަކަށްވާތީ ކަމަށް މާލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު މާޒިން ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ޑޮލަރު ލިބުމުގައި ދަތިތަކެއް އުޅޭކަމަށް ދެކެވޭ ވާހަކައާއި ގުޅިގެން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މާޒިން ވިދާޅުވީ، މިދުވަސްވަރު އެހާބޮޑު ޑިމާންޑެއް އޮތީ ޖެނުއަރީ އަދި ޖުލައި މަހަކީ އައު ކޯސްތައް ފެށޭ ދުވަސްރެއްކަމަށްވާތީކަމަށެވެ.

ރާއްޖެއިން ބޭރަށް ގިނަ ޢަދަދެއްގެ ދަރިވަރުން ކިޔަވަންދާކަން ފާހަގަކުރައްވާ މާޒިން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު އެކަނިވެސް 12 މިލިއަން ރުފިޔާއަށްވާ ޑޮލަރު ދަރިވަރުންނަށް ދީފައިވާކަމަށެވެ. އަދި މިއަދާއި މިހަފްތާވެސް އަދި ކުރިއަށް އޮތް ހަފްތާވެސް ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ފޮނުވަމުން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

 

މިއަދު އޮންލައިން